ކްރިމިނަލް ކޯޓް -- ފޮޓޯ: ދެން
ހަބަރު
21 Oct 2022 | 14:45
އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކަށް ބޮޑު ޖޫރިމަނާއެއް

އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާއަށް އަނިޔާވި މައްސަލައިގައި، ސައިކަލު ދުއްވަން އިން މީހާ 74،400 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ، ގދ. ތިނަދޫ، ހިޔަލީގުލްޝަން، ނަސްރުﷲ ސަލީމްގެ މައްޗަށެވެ. 

ދައުލަތުން ނަސްރުﷲ ގެ މައްޗަށް ކުރި ދައުވާގައި ބުނީ، މިއީ 31 މާޗު 2017 ވަނަ ދުވަހު 18:30 އެހާކަންހާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ޖުޕިޓާ ބްރޭންޑްގެ ސައިކަލެއްގައި ގދ. ތިނަދޫ މިސްކިތްމަގުން އިރުން ހުޅަނގަށް، އެރަށު، ހިޔަލީގުލްޝަން، ނަސްރުﷲ ސަލީމް ދުއްވާފައި ދަނިކޮށް، އެރަށު، ސްވީޓްޑްރީމްގެ، މާހާ އަލީ ހާޝިމްގެ ގައިގައި ޖެހި އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާތީ ދައުލަތުން ކުރި އަނިޔާއެއް ދިނުމުގެ ދައުވާއެއް ކަމަށެވެ. 

މި ދައުވާގެ އިބްތިދާއީ މަރުހަލާގައި ނަސްރުﷲ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެގޮތުން ނަސްރުﷲ ބުނެފައިވަނީ، މާހާގެ ގައިގައި ސައިކަލުން ޖެހުނީ ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެކަމަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާ އެހެން ނަމަވެސް އޭނާ އަށް ކުރެވުނީ ކުށެއް ކަން އިއުތިރާފްވެ ނަސްރުﷲ ވަނީ އޭނާ ކުށަށް އިއުތިރާފް ވީ އެއްވެސް މީހެއްގެ މަޖުބޫރުކުރުމެއް ނެތި ކަމުގައިވެސް ބުނެފައެވެ. 

ނަސްރުﷲ ގެ އިއުތީރާފާއި އެކު، މި މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓައިފައެވެ.

މި މައްސަލައިގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި، 7 މަހާއި 6 ދުވަހަށް ކަމަށާ، އެހެންނަމަވެސް ނަސްރުﷲ ކުށަށް އިއުތިރާފް ވެފައިވާތީ އަދަބު ލުއި ވާނެ ކަމަށް ބުނެފައެވެ. 

އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމުގައި ނަސްރުﷲ ވަނީ އޭނާއަކީ މީޑިއާ ނެޓުގައި ވަޒިފާ އަދާކުރާ މީހެއް ކަމަށާއި، ވަޒީފާ ލިބުނީ ވަރަށް އުނދަގުލުން ކަމަށާ، ޖަލަށް ލައިފިނަމަ ވަޒީފާ ގެއްލޭނެތީ ޖަލު އަދަބު، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދިފައެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވީ، ނަސްރުﷲ އެއް އަހަރާ 12 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ނަސްރުﷲއަކީ ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވެފައި އޭނާ ކުށަށް އިއުތިރާފުވުމާއި އެކުށް ކުރުމުގެ ގަސްދު އޭނާގެ ނެތުމުން އޭނާއަށް އިއްވި ޖަލު ހުކުމް ގާޒީ ވަނީ 74،400 ރުފިޔާގެ ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށް، އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.