ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު
ދުނިޔެ
22 Oct 2022 | 09:11
އިމްރާ ޚާންއަށް އިންތިޚާބްތަކުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމައިފި

ޕާކިސްތާންގެ އިލެކްޝަންސް ކޮމިޝަނުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން މިއަދު ވަކިކޮށް ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އޭނާއަށް އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އިމްރާ ޚާންއަށް ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް އިލްކެޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އޭނާގެ ޓެހްރީކް-އެ-އިންސާފް (PTI) ޕާޓީންވަނީ އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މުޒާހިރާކުރުމަށް ގޮވާލާފައެވެ.

އެގޮވާލުމާއި ގުޅިގެން އެޕާޓީގެ މެންބަރުން މިހާރު ވެސް ވަނީ ވެރިރަށް އިސްލާމްއާބާދާއި ލާހޫރާއި ޕެޝާވަރާއި ކަރާޗީ ފަދަ ބޮޑެތި ސިޓީތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންނެވެ. ބައެއް ސަރަހައްދުތަކުގައި އިމްރާން ހާންގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު އަންނަނީ ހަމަނުޖެހުންތައް ވެސް ހިނގަމުންނެވެ.

އިމްރާން ޚާންއާއި ދެކޮޅަށް އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވަނީ ޕާކިސްތާން މުސްލިމް ލީގުގެ މެމްބަރެކެވެ. އޭނާ ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ، ބޭރުގެ އިއްޒަތްތެރިން ދައުލަތަށް ދީފައިވާ ބައެއް ހަދިޔާތަށް އިމްރާން ޚާން ގަނެފައިވާ ކަމަށާއި، އޭނާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅި މާލީ ބަޔާންތަކުގައި އެތަކެތި ޑިކްލެއަރ ކޮށްފައި ނުވާކަމުގައެވެ.

އިމްރާން ހާންގެ ބޮޑުވަޒީރު ކަމުގައި މިނިސްޓަރ އޮފް ލޯގެ މަގާމު އަދާކުރެއްވި ފުވާދު ޗައުދަރީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް