ޑރ. މުހައްމަދު މުނައްވަރު--ފޮޓޯ: މިނޫސް
ހަބަރު
24 Oct 2022 | 18:10
"ޗާގޯސް މައްސަލައިން ރާއްޖޭގެ ދެކުނުގެ މަސްވެރިކަމަށް ކުރާނެ އަސަރުތަކެއް ދިރާސާއެއް ނުކުރޭ!"

ޗާގޯސް މައްސަލާގައި މޮރިޝަސް އާއި އެއްކޮޅަށް ވޯޓު ދިނުމުން އޭގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ މަސްވެރިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭ ދިރާސާއެއް ހެދިފައި ނުވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެެއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ ދަށުން އިގްތިސާދީ ސަރަހައްދު ދެނީ އިގްތިސާދީ ބޭނުމަށް ކަމަށެވެ. އެގޮތުން އެއީ ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ އާބާދީ އިގްތިސާދީ މަންފާއަށް ދޭ ސަރަހައްދެއް ކަމަށާ، އެއީ ކަނޑުގެ ސަރަހައްދަށް ބަރޯސާވެ، އެއިން ކައިބޮއި އުޅޭތީ އެ ބޭނުމަށް ދޭ ސަރަހައްދެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

އެތަނަށް މިދެނީވެސް އިކޮނޮމިކް ރައިޓްސް. އެތަނަށް މިދެނީ ސިޔާދަތެއްވެސް ނޫން. ސިޔާދަތީ ހައްގުތައް. ސޮވެރެއިން ރައިޓްސް ތަކެއް މިދެނީ، ސޮވެރެއިން ރައިޓްސް ގެ މާނަ އަކީ އެހެން ގައުމުތައް އެކްސްކްލޫޑް ވެޔޭ އެ ސަރަހައްދުގައި އެ ހައްގު ބޭނުން ކުރުމަށް. 

ޑރ. މުހައްމަދު މުނައްވަރު

މިއާއެކު ޑރ. މުނައްވަރު ވިދާޅުވީ، މޮރިޝަސް އަކީ މަސްވެރި ގައުމެއް ނޫން ކަމަށާ، އެގައުމަށް ލިބިފައިވާ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނީ، އެހެން ގައުމުތަކުން ކަމަށެވެ. އެގޮތުން އެ ގައުމުތަކުން މޮރިޝަސް ގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނީ ލައިސެންސް ހޯދައިގެން ކަމަށާ، އެ މަސްބާނާ ގައުމު ތަކަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ގައުމުތައް ކަމަށެވެ. 

ދެން ނިކަން ބައްލަވާ، އައްޑު އަތޮޅު ދެކުނުން 200 މޭލު ބޭރުން އެތަން ބައި ކޮށްފައި އެއްބައި އެވެރިންނަށް ދިނީމާ ދާ އަޅާލަނީ. ދާ އަޅާލީމާ ޓޫނާ، މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ބާނާ ޓޫނާ އަކީ މައިގްރޭޓަރީ ސްޕީޝީސް އެއް. އެއީ އެއް ތަނެއްގައި މަޑުކުރާ އެއްޗެއް ނޫން. މޮޒަންބީ، އެފްރިކާގެ ކޯސްޓުން މޮޒަންބީ އައިސް ރާއްޖޭގެ ކޯސްޓުގައި މަޑުކޮށްލާފައި ދަނީ އަނެއްކާ އެތަނަށް. އެ އަންނަ މަގުމާތީގައި ދާ އަޅަނީ. ދާ މަގުމަތީގައި ދާ އަޅަނީ. ދާއިމަށް ދާ އަޅަނީ. މިވާ ގޮތުން ވެއްޖެއްޔާ. އެޅީމަ ދެން ދެކުނުގެ މަސްވެރިކަމަށް ކިހިނެއްތޯ ވާނީ؟ އެވަރަށް ދިރާސާއެއް ނެހެދޭ. 

ޑރ. މުހައްމަދު މުނައްވަރު

އެފަދައިން އެ ގައުމުތަކުން ކަން ކުރަން ފެށުމުން، ދޮށީގެ މަސްވެރިކަން ކުރާ ރާއްޖޭގެ މަސްވެރިން، މަސް ބާނަން އެކި ހިސާބުތަކަށް ދާއިރު، އެ ސަރަހައްދު ތަކުގައި ބާނާނެ މަސް ނުހުންނާނެ ކަމަށެވެ. އެހެންކަމުން، ރާއްޖެ ފަދަ މަސްވެރިކަން ކޮށްގެން ކައިބޮއި އުޅޭ ގައުމަކަށް އޭގެ ސަބަބުން ކުރާނެ އަސަރަށް ވިސްނާލަންޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.