ބަންޑާރަ ނައިބު
ހަބަރު
25 Oct 2022 | 10:40
ބަންޑާރަ ނައިބަށް ކޮން ހައްގެއްތޯ އޮތީ ދައުލަތުގެ މާލިއްޔާ ބަހާލަން: ޑރ މުނައްވަރު

ދައުލަތާއި ދެކޮޅަށް ހުށައަޅާ ކޮންމެ މައްސަލައެއް ކޯޓުން ބޭރުން ނިންމުމަށް ބަންޑާރަ ނައިބު މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ޑރ މުހައްމަދު މުނައްވަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ޑރ މުނައްވަރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދައުލަތާއި ދެކޮޅަށް މައްސަލައެއް ހުށައަޅާއިރަށް، ކޯޓުން ބޭރުން އެ މައްސަަލަ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ކޯޓުން ބޭރުން މައްސަލަ ނިންމީމާ އަމިއްލަ އިޚްތިޔާރުގައި ބައެއް ދޭން އެއްބަސް ވެވުނީކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

ދައުލަތާއި ދެކޮޅަށް ހުށައެޅޭ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން މަޑު ނުކުރެވެންވީ ސަބަބަކީ ކޮބައިތޯ އެބޭފުޅާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެފަދައިން ބަންޑާރަ ނައިބު އަމަލުކުރައްވަމުން ދާ ދިއުމާއި ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް ފާހަގަކުރައްވާ ޑރ މުނައްވަރު ވަނީ ދައުލަތުގެ މާލިއްޔާ ހިތު ހުރި ގޮތަކަށް ބަހާލުމަކީ ބަންޑާރަ ނައިބަށް ލިބިގެންވާ ހައްގެއްތޯ އައްސަވާ ސުވާލުކުރައްވާފައެވެ. 

"ތިބޭފުޅުން އަޅެ ވިސްނާވަޑައިގެން ވިދާޅުވެބައްލަވާ ބަންޑާރަނައިބަށް ކޮން ހައްގެއްތޯ އޮތީ ދައުލަތުގެ މާލިއްޔަތު ބަހާލަން. ކީއްވެތޯ ޝަރީއަތް ނިމެންދެން މަޑުނުކުރެވެނީ؟ ދިފާއު ނުކުރެވޭނެތީތޯ؟ ދައުލަތުގެ ޕޮސިޝަން ދިފާއު ނުކުރެވޭނެތޯތޯ އޭ ތިޔަ ކޯޓުން ބޭރުން އެއްބަސް ވަނީ އިރުކޮޅުކޮޅާ؟"

ޑރ މުހައްމަދު މުނައްވަރު 

އެއާއެކު ޑރ މުނައްވަރު ވަނީ ކޯޓުން ބޭރުން ކަންކަން ނިންމުމުގެ ފުރުސަތަކީ އޭޖީއަށް ފުޅާކޮށް ލިބިފައިވާ ފުރުސަތެއްގެ ގޮތުގައި ބާއްވަން ވާނެތޯވެސް އައްސަވާފައެވެ. 

ކޯޓުތަކަށް އިތުބާރު ނުކުރެވޭކަމަށް ވާނަަމަ، ކޯޓުތަކުގައި ތިއްބެވި ފަރާތްތައް ބަދަލުކޮށްގެންވެސް ދައުލަތާއި ދެކޮޅަށް ހުށައެޅޭ މައްސަލަތައް ނިންމަންވާނީ ޝަރިއަތުންކަމަށް ޑރ މުނައްވަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ނޫން ގޮތަކަށް އެކަން ކުރެއްވުމަކީ ދައުލަތުގެ މަސްލަހަތު ފުށޫ އަރާނެ ކަމެއްކަމަށް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.