ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
25 Oct 2022 | 22:38
ނައިފަރުގެ ފުލެޓް ތަކުން މައްސަލަ ހުރި ފުލެޓްތައް މަރާމާތު ކުރިން: މިނިސްޓްރީ

ޅ.ނައިފަރުގަައި މި ސަރުކާރުން އަޅާފައިވާ ފުލެޓް ތަކުގެ ތެރެއިން، މައްސަލަ ހުރެގެން ރިޕޯޓު ކުރި ހުރިހާ ފުލެޓެއް ވެސް މަރާމާތުކޮށްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ. 

ނައިފަރުގެ ފުލެޓުތަކަށް، ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންވަދެ، ސީލިންގުންވެސް ފެން އޮހި ގިނަ ގެއްލުން ތަކެއް ވެފައިވާ ކަމުގެ ޝަކުވާ  ފުލެޓް ތަކުގައި ދިރިއުޅެމުންދާ މީހުން ކުރަމުން ދަނިކޮށް، އެކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޅ. ނައިފަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓް އިމާރާތްކުރުމަށްޓަކައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ޖެނުއަރީ 26، 2020 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމުމަށްފަހު މި އަހަރުގެ ފެބްރުއަރީ 19 ގައި 100 ހައުސިން ޔުނިޓް ހިމެނޭ 4 އިމާރާތް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އެ އިމާރާތްތައް ބެލެހެއްޓުމާއި އިމާރާތާ ގުޅޭ ކަންކަން އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

މިނިސްޓްރީއިން އިތުރަށް ބުނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރާއެކުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމަށްފަހު 1 އަހަރު ދުވަހުގެ މުއްދަތުގައި އިމާރާތަށް ލިބޭ ގެެއްލުންތައް މިނިސްޓްރީއިން ބެލުމަށްފަހު އެކަން ކޮންޓްރެކްޓަރަށް އެނގުމުން އެ މަރާމާތުތައްކުރާނީ މަސައްކަތުގެ ކޮންޓްރެކްޓަރުން ކަމަށެވެ.

އެގޮތުން ފްލެޓުތަކުގެ މައްސަލަތަކެއް ހުރި ކަމަށް މޭ 19 ގައި ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅުމުން ކޮންޓްރެކްޓަރުގެ ޓީމެއް ޖޫން 10 ގައި ނައިފަރަށް ގޮސް ކައުންސިލާއެކު މަޝްވަރާކުރުމަށްފަހު އެ މަހުގެ 12 ވަނަ ދުވަހު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމާ ކައުންސިލްގެ އެޕްރޫވް ހޯދާފައިވާ ކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ.

މިއާއެކު އެ މިނިސްޓްރީއިން ބުނީ އެ މަރާމާތުގެ އިތުރުން ބޮޑު މަރާމާތެއްކުރުމަށް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައެއް ނުވާ ކަމަށާއި އެއްވެސް ފަރާތަކުން ފުލެޓްރަކުގެ މަރާމާތާގުޅޭ އެއްވެސް ކަމެއްގައި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަކަމެއް މިނިސްޓްރީގެ ސަމާލުކަމަށް ގެެނެސްފިނަމަ ވަގުތުން އެކަމަކަށް އެޓެންޑްވަމުން ގޮސްފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.