ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް / ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Oct 2022 | 16:12
މަދަނީ ޖަމިއްޔާތަކަށް ދޭ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަދަނީ ޖަމިއްޔާތަކުގެ އެވޯޑު ނުވަތަ ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި އެވޯޑަކީ ދިވެހި ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކޮށް އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ. 

އަދި މިއީ އަމިއްލަ އިސްނެގުމުގެ މަތިން އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދަައްކައިދޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ޖަމިއްޔާތަކަށް ދެވޭ އިނާމެއް ކަމަށާ މި އިނާމް ލިބޭ ފަރާތްތަކަށާއި، ޖަމިއްޔާތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބޭނެކަމަށް ޔޫތް މިނސްޓްރީން ބުނެއެވެ.

މި އެވޯޑަށް ޝައުގުވެރިވާ ޖަމިއްޔާތަކުން ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި އެވޯޑް 9 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާއިރު ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފްގެ ޚާއްސަ އެވޯޑެއްވެސް ދޭނެއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދޭނެ ދާއިރާތައް:

- ތަޢުލީމީ ދާއިރާ

- ތިމާވެށީގެ ދާއިރާ

- ޙާއްސަ އެހީގެ ދާއިރާ

- މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން

- މަސްތުވާތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން

- ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތް ކުރުން

- ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުން

- ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން

- އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން

- ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)

ޔޫތު މިނިސްޓްރީން އިތުރަށް ބުނީ، މި އެވޯޑް ދިނުމުގައި ޖަމިއްޔާތަކުން ހިންގާފައިވާ ހަރަކާތްތަކުގައި މުޖުތަމައު ބާރުވެރިކޮށް މުޖުތަމައަށް ފައިދާހުރި ކަންކަން ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ހަރަކާތްތައް ހިންގާފައިވާ މިންވަރާއި ފެންވަރަށް ބަލާނެ ކަމަށެވެ. އެގޮތުން އެވޯޑު ދޭނީ އުފެއްދުންތެރިކަމާއި، މުޖުތަމައު ބާރުވެރިކުރުމަށް އިސްނެގި މިންވަރާއި، ހަރަކާތުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާވަމުން ދިއަ ގޮތުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. 

މިއާއެކު އެ މިނިސްޓްރީން ބުނީ އެވޯޑަށް އެދި ނަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި ފާއިތުވި ދެ އަހަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތުގައި ރަޖިސްޓްރާއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށް ކަމަށެވެ.

އަދި މަދަނީ ޖަމްއިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާ، އިނާމަށް ނަން ހުށަހަޅަން ޖެހޭނީ ކޮންމެ ޖަމިއްޔާ އަކުންވެސް އަމިއްލަ އަށް ކަމަށާ، އިނާމަށް ނަން ހުށަހަޅާ ފޯމާއެކު އިނާމު ހައްޤުވާ ކަމުގެ ފުރިހަމަ ހެކި ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.