ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ވަން އޮންލައިން
ހަބަރު
28 Oct 2022 | 15:16
ހޯޑެއްދޫއިން ހޯދި މަސްތުވާތަކެއްޗަކީ އެރަށުން ހައްޔަރު ކުރި މީހެއް ފޮރުވާފައި ހުރި ތަކެތި: ހަމީދު

ގދ. ހޯޑެއްދޫއިން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އަންގާރަ ދުވަހު އެރަށުން ހައްޔަރު ކުރި މީހެއް ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެެއެވެ. 

ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ހަމީދު ވިދާޅުވީ، އެ މައްސަލައާައި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުން ހޯދާފައިވާކަމަށެވެ. އަދި ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައިވެސް ފުލުހުން ބަލާފާސްކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. 

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް މެޔަށް ތަދެއް އަރައި، އެކަމަށް ފަރުވާ ނުދެވި ނިޔާވި ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ލޯންޗަށް އެރުވި ތަނުން މެޔަށް ތަދުވާ ކަމަށް ބުނި ކަމަށާ، އެ ވޭނުގައި އޭނާ އުޅުނު އިރުވެސް ފުލުހުން ބުނެފައި ވަނީ އޭނާ "އެކްޓް" ޖައްސަނީ ކަމަށް ކަމަށް އާއިލާއިން ބުނެއެވެ. 

އަދި ރަޝީދު އެގޮތަށް އުޅެން ފެށުމުން އެރަށު ކައުންސިލްގެ ނާއިބު ރައީސް އާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި، ހޯޑެއްދޫ ހޮސްޕިޓަލު މެނޭޖަރުވެސް އެ ތަނަށް ދިޔަ ކަމަށާ، އަދި ރަޝީދު ހޮސްޕިޓަލަށް ގެންދެވެން ނެތް ނަމަ، އެ ތަނަށް ޑޮކްޓަރ ގެނެސްދެވޭނެ ކަމަށްވެސް ހޮސްޕިޓަލު މެނޭޖަރު ބުނި ކަމަށްވެސް ރަޝީދުގެ މަންމަ ބުނެއެވެ. އެހެން ނަމަވެސް، އެގޮތަށްވެސް އެއްބަސް ނުވެ، އެގޮތުގައި ދެ ގަޑިއިރުވެ ދިޔަފަހުުން އޭނާ ނިޔާވި ކަމަށާ، ނިޔާވުމުންވެސް ނިޔާވި ޚަބަރުވެސް ޢާއިލާއަށް ނުދީ، މަޑަވެލީ ހޮސްޕިޓަލަށް އޭނާގެ ހަށިގަނޑު ލުމަށްފަހު ފުލުހުން ދިޔައީ ކަމަށްވެސް ރަޝީދުގެ މަންމަ ބުންޏެވެ. 

ރަޝީދުގެ މަންމަ އިތުރަށް ބުނީ، ރަޝީދު ނިޔާވިކަން އެނގުނީ މަޑަވެލިން މީހަކު ގުޅާފައި ބުނުމުން ކަމަށާ، އޭނާ މަޑަވެއްޔަށް ގެންދިޔަ ލޯންޗުގެ ލޯންޗުތެރޭގައި ވެސް ވަރަށް ރޯ އަޑު އިވުނު ކަމަށް ލޯންޗުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެގޮތުގައި އެތައް އިރެއް ވުމަށްފަހު، ހުއްޓި ޖެހި، އަނގައިން ފޮނު އަރާފައި ނިޔާވި ކަމަށް ލޯންޗުގައި ތިބި މީހުންގެ ފަރާތުން ކިޔައިދިން ކަމަށްވެސް ރަޝީދުގެ މަންމަ ބުންޏެވެ.

ކޮމެންޓް
ހައްޔަރު
ސުބުހާނަﷲ، ހައްޔަރު ކުރީމަ މަސްތުވާތަކެތި ފޮރުވަނ ވަލުތެރެއަށް ދެވޭތަ؟ މިވެސް ދެން އަޖައިބުވެ އަންތަރީސްވާ ވަރުގެ ކަންތައް.
28 Oct 2022
ޚަލޮ
ކިހިނެއް މި ތަކެތި ރާއްޖެއަށް ވަނީ؟ އަމިއްލައަށްތަ؟ ނޫނީ މީހަކު ގެނައީތަ؟
29 Oct 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.