އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ވޮއިސް
ހަބަރު
28 Oct 2022 | 15:31
އެމްޑީޕީ ބަލިކުރަން ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން: ރައީސް ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދުގެ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ބަލިކުރަން ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ވެލިދޫގައި ”މަވެސް ޕީޕީއެމް“ މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ މަސައްކަތުގައި މިވަގުތު ޕީޕީއެމް/ޕީއެންސީ ފިޔަވާ އެހެން ޕާޓީއަކާ އެމަނިކުފާނުގެ ގުޅުން ނެތް ނަމަވެސް، 2023 ގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ބަލިކުރެވެން އޮތް ގޮތަކީ ކޯލިޝަނެއް ހެދުން ކަމަށް ވާނަމަ އެކަން ކުރަން ފަސްނުޖެހޭނެ ކަމަށެވެ. 

"އެކަމު.. ރިޔާސީ އިންތިހާބާ ހަމައަށް އަޅުގަނޑުމެން ދާއިރު، އެންމެ ޕާޓީއަށް [ޕީޕީއެމަށް] މަސްލަހަތު އޮތް ގޮތަކީ އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެމްޑީޕީގެ ކެންޑިޑޭޓު ބަލިކުރެވޭނެ ގޮތްތަކުގެ ތެރޭގައި އެހެން ޕާޓީއަކާއެކު އިއްތިހާދުވެގެން، ކޯލިޝަން ހަދައިގެން ނުކުންނަ ކަމަށް ވަންޏާ، އަޅުގަނޑުމެން ކޯލިޝަން ނަހަދާކަށް ނެތިން،"

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

އެގޮތުން ކޯލިޝަން ހަދާ ޕާޓީތަކުގެ ތެރޭގައި އެމްޑީއޭގެ ޝައުގުވެރިކަން އޮތްނަމަ އެކަން "ކޮންސިޑާ" ކުރައްވާނެ ކަމަށާ އެހެން ނަމަވެސް، މިވަގުތު އެފަދަ އެއްވެސް އެއްބަސް ވުމެއް ވެފައިވާ ކަމަށް ރައީސް ޔާމީން ހާމަކުރައްވާފައެއް ނުވެއެވެ. 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ކޯލިޝަން ހެއްދެވި ނަމަވެސް އެއްވެސް އިއްތިހާދީ ގޮނޑިއެއް، އެއީ ރައްޔިތުންގެ މަޖިލިސް ވިޔަސް، ކައުންސިލް ގޮނޑިއެއްވިޔަސް އެހެން ޕާޓީއަކަށް ނުދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ޒާހިދު
ކަލެއާކޯލިސަން ހަދާނެ ބަޔަކު މިރާއްޖެއަކު ނުތިބޭނެ!
28 Oct 2022
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.