މުފްތީ މެންކް-ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ހަބަރު
28 Oct 2022 | 23:57
ކީރިތި ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް: މުފްތީ މެންކް

ކީރިތި ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއްކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މިރޭ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ދަރުސްގައި ވާހަކަފުޅުދައްކަވަމުން މުފްތީ މެންކް ވިދާޅުވީ ދުވާލަކު 5 މިނިޓް ޤުރުއާން ކިޔަވާ، ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅުނަމަ އެމީހަކީ އުފާވެރި މީހެއްކަމަށެވެ. މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމުގެ މައްޗަށް ހުކުރުދުވަހުގެ ރޭ އަލިއަޅުވާލައްވަމުން މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި  ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެކަމަށް ވިދާޅުވިއެވެ.

މާތްﷲ އިންސާނުންނަށް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި ނުކުރުމަށް އަންގާވާފައިވާ ކަންކަމަކީ އިންސާނާއަށް އެކަމުގައި ހެވާއި ލާބަ ހިމެނޭކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ދުޢާކުރިކަމުގައިވިޔަސް، އެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވުމުގައިވެސް ޙިކުމަތްތަކެއްވާކަން ފާހަގަކުރެއްވިއެވެ.

މާޔޫސްކަމާއި، ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވުމަކީ އިންސާނަކަށްވާތީ ވާނެކަމެއްކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމެއް މާތްﷲ ވަނީ ވަކި ގޮތަކަށް ކަނޑައަޅުއްވާފައިކަމަށް ވިދާޅުވިއެވެ.

މާތް ﷲގެ އިރާދަފުޅުންވާން ހުންނަ ކަމެއް ނޭނގޭނެކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނުންނަށް ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ އެކަމުގައި ޙިކުމަތްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އިންސާނާއަށް ކެއުމާއި، ބުއިމާއި، ނިދުން ލައްވާފައިވާއިރު އެކަންކަމަށްވެސް ވަކި ވަގުތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ.  ކެއުމާއި ނިދުމުގައި ވަކި ހަމަތަކެއް މާތްﷲ ލައްވާފައިވަނީ އިންސާނާއަށް އެކަމުގައި ލާބައާއި މަންފާ އެކުލެވިފައިވާތީކަމަށް ވިދާޅުވިއެވެ.

ފިކުރުބޮޑުވެގެން، މާޔޫސްވެ ކަންބޮޑުވާ މީހާއަށް އެކަންކަން ދިމާވަނީ އެއީ އީމާންތެރިކަން ބަލިކަށިވެގެން ނޫންކަމަށާއި އެކި މީހުންނަށް މާތްﷲ ކެތްތެރިކަން ލައްވާފައިވަނީ އެކި މިންވަރަށްކަމަށް ވިދާޅުވިއެވެ. އަދި އެކި މީހުން ތަޙައްމަލްކުރާނީ އެކި ކަންކަންކަންކަމަށާއި މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ޙިކުމަތެއްވާކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ. އެފަދަ ކޮންމެކަމަށް ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނެކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ މެންކް ވަނީ މި ދަރުސްގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ނަންގަވައި ހާސްވުމާއި ކަންބޮޑުވުމަށް ކުރެވޭނެކަންކަމަށް ބައްލަވާލައްވާފައެވެ.

ކަންބޮޑުވެ، ހާސްވެ ދެރަވާ ވަގުތު ކިޔުމަށް ވާރިދުވެފައިވާ ދުޢާތައްވާކަން ފާހަގަކުރައްވާ އެ ދުޢާތަކާއި އެ ދުޢާތަކުގެ މާނަ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވިއެވެ.

ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެއްގެ ގޮތުގައި، ހެނދުނު ތެދުވަން އުނދަގޫ ހާލަތްތައް ދިމާވުމުން، ގަދަކަމުން  ނަމަވެސް ތެދުވުމުގެ މުހިންމުކަމާއި އެންމެ ފުރަތަމަވެސް ފަތިސް ނަމާދުން މުސްލިމުންގެ ދުވަސް ފަށަނީ ކީއްވެގެންކަން އަދި އެކަމުގައިވާ ފައިދާތަކަށް ބައްލަވައިލެއްވިއެވެ.  ހެނދުނު ހޭލައިގެން އެ ކަންނެތްކަމުން ގަދަކަމުންނަމަވެސް ތެދުވާން މަސައްކަތްކުރުމަށް މުފްތީ މެންކް މި ދަރުސްގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.  އެގޮތަށް މަސައްކަތްކުރަން ފެށުމުން މާތްﷲ އެކަމަށް ހިދާޔަތްދެއްވާކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއިއެކު މާތްﷲ ގެ ކިބައިން ކަންނެތްކަމުން ދުރުކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މުޖުތަމަޢުއަށް މުފްތީ ދެއްވި މެސެޖަކީ މިފަދައިން ދިރިއުޅުން ވޭތުކުރާ މީހުންނަށް ވެވުނު މިންވަރަކުން އެހީތެރިވުމުގެ މެސެޖެވެ. އަދި އެހީއަށް ބޭނުންވާ މީހުން އެހީއަށް އެދުމުގެ މުހިންމުކަމެވެ.

މުފްތީ މެންކްގެ މި ދަރުސްގައި ބެލެނިވެރިންނަށްވެސް ވަނީ ވަރަށް ފުރިހަމަ މެސެޖެއް ދެއްވާފައެވެ. އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މުފްތީ މެންކް ދެއްވީ ނަސޭހަތަކީ ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށެވެ. އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށެވެ. މިފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ލަފައާއި މަޝްވަރާހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުންނާއި ކުޑަކުދިން އަމިއްލައަށް މަރުވާކަމަށާއި އެކަހަލަ ކަންކަން ދިމާވުމުގައި ބެލެނެވެރިންނަށް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ފާހަގަކުރައްވާ، ބެލެނެވެރިންނަށް ވަނީ ވަކިން ޙާއްސަކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ދަރިންނަށް ބޭނުންވާ މަޢުލޫމާތުދީ ނުވަތަ އެކުދިންގެ ބޭނުންތައް މައިންބަފައިންނަށް އަދާނުކުރެވިއްޖެނަމަ އެކުދިން ގޯސްމަގަކުން ދާން ފަށާފާނެކަމަށާއި މިފަދަ ހާލަތެއްގައި މައިންބަފައިންނަށް އެކުއްޖާއަށް އެހީތެރިނުވެވިއްޖެނަމަ އެ ކުއްޖަކާ އެންމެ ގާތްބަޔަކު، ނުވަތަ އާއިލާއިން އެކުއްޖާގެ ކަންތައް ގާތުން ބަލައި ރަގަޅަށް އެކުއްޖާއާއިމެދު ރަނގަޅަށް އަމަލުތައް ބަހައްޓަން ޖެހޭކަމަށް ވިދާޅުވިއެވެ.

ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ޚާއްސަކޮށް ވާރިދުވެފައިވާ ދުޢާތައް ހިތުދަސްކޮށް އެ ދުޢާތައް އަބަދުވެސް ކިޔައި އެކަމުން ބަރާކާތް ލިބިގަންނަން މި ދަރުސްގައިވަނީ އެދިވަޑައިގެންފައެވެ.  އެއީ އެމީހާގެ ރޫހަށް ލިބިގެންދާ ކާނާކަމަށާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމުކަމެއްކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ ކަންބޮޑުވާ ހާލަތްތައް ދިމާވެއްޖެނަމަ މާތްﷲއަށް ދެންނެވުމަށް ނަސޭހަތްތެރިވެވަޑައިގެން، ރަސޫލު ބޭކަލުންނަށް ދިމާވި މިފަދަ ހިތްދަތި ދުވަސްތަކަށް ބައްލަވާލައްވާ މިސާލުދެއްކެވިއެވެ.

ހިތާމައިގެ ޙާލަތްތަކުގައި މާތްﷲއާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދެރަވެފައި ހުއްޓަސް ނަމާދުޤާއިމްކުރުމަށްވެސް މުފްތީ މެންކް ވަނީ ނަސޭހަތްދެއްވާފައެވެ.

އަދި މާތްﷲ ހަނދުމަކުރުންމަތީ ދެމި ހުންނާނެ ގޮތް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.