ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ހަބަރު
30 Oct 2022 | 11:55
"އަޅުގަނޑުމެން "އުނދުޅި ބޭނި" އިރު އިގްތިސާދީ ސަރަހައްދުގެ ދިފާއުގައި މަސައްކަތް ކުރިން"

ބަންޑާރަ ނާއިބު ކަމުގެ މަގާމުގައި ހުންނަވައި، ޗާގޯސް މައްސަލަ އަަށް "އުނދުޅި ބޭނިއިރު" ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބޮޑުކޮށް، ދިފާއުކުރަން މަސައްކަތްކޮށްފައިވާނެ ކަމަށް ވިދާޅުވެ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑު މެމްބަރު މުހައްމަދު ނަސީމް ހުސެއިން (ނަފާ ނަސީމް) ދެއްކެވި ވާހަކަތަކަށް ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައި ވަނީ، ޗާގޯސް މައްސަލައާއި ގުޅޭގޮތުން އޭނާ އާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ގުޅިގެން ނެރުއްވި ބަޔާނާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ނަފާ ނަސީމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ނަފާ ނަސީމް ކުރެއްވި ޓުވީޓެއްގަ އެނާ ވަނީ ސިޔާސީ "ބިކާރީން" ޗާގޯސް މައްސަލައަށް އުނދުޅި ބާނަން ވާނެ ކަމަށާއި އޭރުން އެކަން ހައްލުވީ ކަމަށް ވިދާޅުވެ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރުމުން ދިޔާނާ އާއި އާޒިމާއަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

ނަފާ ނަސީމް ގެ ޓުވީޓަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ އެނާ އާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ އަތްޕުޅުގައި ނަފާ ނަސީމަށް ވެދުން ކުރާނެ ސިޔާސީ މަޤާމެއް ނެތްކަމަށެވެ. އެހެން ކަމުން އެދެ މީހުންނަކީވެސް "ބިކާރީން" ކަމަށެވެ.

އެހެން ނަމަވެސް ދަންނަވަންތޯ އަޅުގަނޑުމެން "އުނދުޅި ބޭނިއިރު" ރާއްޖޭގެ އެކްސްކްލޫސިވް އިކޮނަމިކް ޒޯން ބޮޑުކޮށް ދިފާއުކުރަން އޮންނާނީ މަސައްކަތްކޮށްފައި. އަދި ކޮބާ، ތިޔަތަނަށް އައްމަކަޅޭ އާއި ޕައްލަންބެ ދިޔަޔަސް، (އަދި ނުދިޔަސް) މެދު ރޮނގުން ބައި އަޅާ އެބައި ލިބޭނެ އިނގޭތޯ" ދިޔާނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ގޮސް އުޅުމަކީ މެދު ރޮނގުން ބައިކޮށްފައި އެއްބަޔަށް ވުރެ ބޮޑަށް ހޯދަން އުޅުން ކަމަށާއި ސަރުކާރުން އެކަން ކުރަން އުޅޭތަން ނުފެންނަ ކަމަށެވެ.

ނަފާ ނަސީމްގެ ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާއި ގުޅިގެން އޭނާ ވަނީ ފަހުން އެ ޓުވީޓު ފޮހެލައްވާފައެވެ. އަދި އެފަހުން ކުރެއްވި ޓުވީޓެއްގައި "ބައެއް ވަތަނީން ވަރަށް ސީރިއަސްވެއްޖެ" މިހެން ލިޔުއްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.