ހޮހަޅައެއްގައި ތާށިވި 3 މީހުންގެ ވާހަކަ
ދީން
31 Oct 2022 | 12:30
ހޮހަޅައެއްގައި ތާށިވި 3 މީހުންގެ ވާހަކަ

އިމާމް ބުޚާރީއާއި އިމާމް މުސްލިމް ޢަބްދުﷲ ބުން ޢުމަރު رَضِيَ اللهُ عَنْهُمَا ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވި ވާހަކައެއްގައި ވެއެވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ތެރެއިން ތިން މީހަކު ދަތުރަކު ނުކުތެވެ. ރޭގަނޑުވުމުން މަޑުކޮށްލުމަށްޓަކައި ހޮހަޅައެއް ހޯދައި އެ ހޮހަޅައަށް ވަދެއްޖެއެވެ. އެ ތިންމީހުން ހޮހަޅައިގެ ތެރޭގައި ތިއްބައި ބޮޑު ހިލައެއް ފުރޮޅިގެން އައިސް ހޮހަޅައިގެ ދޮރުމައްޗަށް ވެއްޓި، ހޮހަޅައިގެ ދޮރު ބަންދުވެއްޖެއެވެ. ހޮހަޅައިގެ ތެރޭގައި ވަނީ އަނދިރިކަމެވެ. ނުކުމެވޭނެ އެއްވެސް ދިމާލެއް ފެންނާކަށް ނެތެވެ. ހިސާބަކީ މީހަކު ހަޅޭއްލެވިކަމުގައިވީނަމަވެސް އެ އަޑު މީހަކަށް އިވޭނެ ހިސާބެއް ނޫނެވެ. އެ ހިލަގަނޑު އެއްފަރާތްކޮށްގެން ނޫނީ ސަލާމަތެއް ވާކަށް ނެތެވެ. އެ ހިލަގަނޑު އެއްފަރާތްކުރެވޭތޯ ތިންމީހުން މަސައްކަތް ފެށިއެވެ. އުޅެއުޅެ އެ ހިލަގަނޑު އެއްފަރާތް ކުރެވޭ ވަރެއް ނުވިއެވެ. އެއީ ބަޔަކަށް ގުޑުވާލެވޭ ވަރަށްވުރެ މާބޮޑު މާބަރު ހިލަގަނޑެކެވެ. އެބައިމީހުންގެ ކުރިމަތިން މަރު ފެނުނުކަހަލައެވެ. އެހެންނަމަވެސް، މިބައިމީހުންނަކީ އީމާންކަން އެބައެއްގެ ހިތުގައިވާމީހުން ކަމުގައިވާތީ، މިބައިމީހުންގެ އެންމެ ވަރުގަދަ ހަތިޔާރުގައި ހިފުމަށް ތައްޔާރުވިއެވެ. އެންމެ ބޮޑު ޔަޤީންކަމުގައި ހިފުމަށް އަތުކުރި އޮޅާލިއެވެ. އެބައިމީހުން އެކަކު އަނެކަކަށް ބުނަންފެށިއެވެ. "ތިޔަބައިމީހުން ކޮށްފައިވާ ޞާލިޙު ޢަމަލުތަކުން ﷲއަށް ދުޢާކޮށްގެން މެނުވީ ތިޔަބައިމީހުންނަކަށް ސަލާމަތެއް ނެތެވެ."

އެހިނދު އެއިގެ ތެރެއިން ފުރަތަމަ މީހާ ދުޢާކުރަން ފެށިއެވެ. "އަޅުގެ އިލާހެވެ! މި އަޅާގެ މައިންބަފައިންނަކީ މުސްކުޅި ބައެކެވެ. އެ ދެމީހުންނަށްވުރެ އެއްވެސްމީހަކު އަދި އެއްވެސްއެއްޗެއް ތިމަން އިސްނުކުރަމެވެ. މިގޮތުން އެއްދުވަހަކު މި އަޅާގެ ނަޢަމްސޫފިތަކަށް ކާންދިނުމަށްޓަކައި ފަތްހޯދުމަށް ވަރަށް ދުރަށް ދާންޖެހުނެވެ. އާދެވުނު އިރު އެ ދެމީހުން ނިދާގަޑި ވަނީ ޖެހިފައެވެ. މި އަޅާ އައިސް ކިރު ފެލައިގެން އައިރު އެ ދެމީހުން ވަނީ ނިދާފައެވެ. އެ ދެމީހުން ހޭލެއްވުމަކަށް ބޭނުމެއް ނުވިއެވެ. އަދި އެ ދެމީހުންނަށް ދީފައި މެނުވީ މި އަޅާގެ އަނބިދަރިންނަށްވެސް ކިރު ދިނުމަކަށް ބޭނުމެއް ނުވިއެވެ. ކިރު އަޅާފައިވާ ކަންވާރު ހިފައިގެން އެ ދެމީހުން ހޭލާނެ ވަގުތެއްގެ އިންތިޒާރުގައި ހުރީމެވެ. އޭރު ދަރިންވެސް އެ ބޭނުންވެގެން ރޮއެ ޝަކުވާ ކުރަނީއެވެ. މިގޮތުގައި ހުއްޓައި ފަތިސްވުމުން އެ ދެމީހުން ހޭލުމުން އެމީހުންނަށް ކިރުދިނީމެވެ. އަޅުގެ އިލާހެވެ! މި އަޅާ އެކަންކޮށްފައިވަނީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކަމުގައިވާނަމަ، މި ހިލަގަނޑުގެ ސަބަބުން ކުރިމަތިވެފައި މިވާ ކަންތަކުން އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ!" އެހިނދު އެ ހިލަގަނޑު އެއްފަރާތަކަށް ޖެހުނެވެ. އެހެންނަމަވެސް ހޮހަޅައިން ނުކުމެވޭ ވަރެއް ނޫނެވެ.

ދެން ދެވަނަމީހާ ދުޢާކުރަން ފެށިއެވެ. "އަޅުގެ އިލާހެވެ! މި އަޅާގެ ބޮޑުބޭބެގެ އަންހެން ދަރިއެއް ހުއްޓެވެ. އެއީ މިސްތަކުންކުރެ ތިމަން އެންމެ ލޯބިވާ މީހާއެވެ. އެހެން ރިވާޔަތެއްގައިވާގޮތުގައި އޭނާ ބުންޏެވެ. ފިރިހެނަކު އަންހެނަކު ދެކެ އެންމެ ބޮޑަށް ލޯބިވާ ވަރަށް ތިމަން އޭނާދެކެ ލޯބިވެއެވެ. ފާހިޝް ޢަމަލެއްކުރުމަށް ތިމަން އޭނާއަށް ހުށަހެޅިހިނދު، އޭނާ އެކަމުން ދުރުވެގަތެވެ. އަހަރުތަކެއް ފަހެވެ. އޭނާގެ އަތްމަތި ދަތިވެ ތިމަންގެ ގާތަށް އައިސް އެހީއަކަށް އެދުނެވެ. އެހިނދު، އޭނާގެ ކިބައިން ތިމަން އެދޭކަންތައް ފުއްދައިދިނުމަށް އެއްބަސްކުރުވައި އޭނާއަށް 120 ދީނާރު ދިނީމެވެ. އިތުރުގޮތެއް ނެތި މަޖްބޫރީ ޙާލަތުގައި އޭނާ އެކަމަށް އެއްބަސްވިއެވެ. ދެން ތިމަންގެ ހިތުގައިވާ ނުބައި ފާޙިޝް ޢަމަލުކުރުމަށްޓަކައި އޭނާއާ ކައިރިވިހިނދު ބުންޏެވެ. "ﷲއަށް ބިރުވެތި ވާށެވެ! ޙައްޤުގޮތުގައި މެނުވީ ތިޔަކަން ނުކުރާށެވެ!" އެހިނދު، ތިމަންގެ ހިތަށް އިބަ އިލާހާމެދު ބިރުވެރިކަން ވަދެ، އޭނާއަކީ ތިމަން އެންމެ ލޯބިވާ މީހާ ކަމުގައި ވީހިނދުވެސް ތިމަން އެކަމުން ދުރުވެގަތީމެވެ. އަދި އޭނާއަށް ދިން ރަނުގެ ދީނާރުތައް އޭނާއަށް ދިނީމެވެ. އަޅުގެ އިލާހެވެ! މި އަޅާ އެކަންކޮށްފައިވަނީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކަމުގައިވާނަމަ، މި ހިލަގަނޑުގެ ސަބަބުން ކުރިމަތިވެފައިވާ މިކަންތަކުން އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ!" އެހިނދު އެ ހިލަގަނޑު އެއްފަރާތަކަށް ޖެހުނެވެ. އެހެންނަމަވެސް ހޮހަޅައިން ނުކުމެވޭ ވަރެއް ނޫނެވެ.

ދެން ތިންވަނަމީހާ ދުޢާކުރަން ފެށިއެވެ. "އަޅުގެ އިލާހެވެ! މި އަޅާއަކީ މީހުން ލައްވާ އުޖޫރައަށް މަސައްކަތްކުރުވާ އުޅުނުމީހަކީމެވެ. އެ އެންމެންގެ އުޖޫރަ ހަމައަށް ބަރާބަރަށް ތިމަން ދީ އުޅުނީމެވެ. އެންމެ މީހަކު ފިޔަވައެވެ. އެމީހާ މަސައްކަތްކުރުމަށްފަހު އުޖޫރަ ނުހޯދާ ދިޔައީއެވެ. ދެން، އޭނާގެ ޚަބަރެއް ނުވުމުން، އޭނާގެ އުޖޫރައިން ތިމަން ވިޔަފާރިކުރަން ފަށައި، އެ ވިޔަފާރިން ފައިދާ އިތުރުވަމުން ދިޔައެވެ. ދުވަސްކޮޅެއްފަހުން އެމީހާ އެނބުރި އައިސް ބުންޏެވެ. "އޭ ﷲގެ އަޅާއެވެ! ތިމަންގެ އުޖޫރަ ތިމަންނައަށް ދޭށެވެ! އެހިނދު ތިމަން ބުނީމެވެ. "ތިބާއަށް ތިޔަ ފެންނަ ޖަމަލުތަކާއި ގެރިތަކާއި ބަކަރިތަކަކީ ތިބާގެ އުޖޫރައެވެ." އެހާބޮޑު އުޖޫރައެއް ލިބިދާނެކަން ޤަބޫލުނުކުރެވިގެން އޭނާ ބުންޏެވެ. "އޭ ﷲގެ އަޅާއެވެ! ތިމަންނައަށް ފުރައްސާރަ ނުކުރާށެވެ!" ތިމަން ބުނީމެވެ. "އަހުރެން ތިބާއަކަށް ފުރައްސާރައެއް ނުކުރަމެވެ." އެހިނދު، އެއިގެން ހަމައެންމެ އެއްޗެއްވެސް ދޫކޮށްނުލައި އެ ހުރިހާ އެއްޗެއް ހިފައިގެން އޭނާ ދިޔައީއެވެ. އަޅުގެ އިލާހެވެ! މި އަޅާ އެކަންކޮށްފައިވަނީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކަމުގައިވާނަމަ، މި ހިލަގަނޑުގެ ސަބަބުން ކުރިމަތިވެފައި މިވާ ކަންތަކުން އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ!" އެހިނދު އެ ހިލަގަނޑު އެއްފަރާތަކަށް ޖެހި، ހޮހަޅައިން ނުކުމެވޭ ވަރު ވެއްޖެއެވެ. ދެން އެމީހުން އެ ހޮހަޅައިން ނުކުމެގެން ދިޔައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ޙާދިސާއިން އެނގޭގޮތުގައި ކުރާ ކިތަންމެ ކުޑަ ހެޔޮކަމަކީވެސް އެ ހެޔޮކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އަދި ކުރިމަތިވާ އެންމެހާ މުޞީބާތްތަކުގެ ކުރިމަތީގައި މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އަދި އައްޑަނައަކީ ދުޢާއެވެ. މާއްދީ ސަބަބުތަކުން ޙާޞިލުނުވާނެ އެތައް ކަމެއް ދުޢާގެ ސަބަބުން ޙާޞިލުކުރެވޭނެއެވެ. މާތް ﷲ އީ ދުޢާ އިޖާބަކުރެއްވުމަށް ލޯބިކުރައްވާ އިލާހެކެވެ. ކެތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު އެކަލާނގެއަށް ކުރާ ދުޢާއަކީ އިޖާބަކުރައްވާނެ ދުޢާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.