ދީން
31 Oct 2022 | 15:21
ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްއެއްގައި އައިސްފައިވެއެވެ. ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަންނަންޖެހުނެވެ. އެ އަންހެންމީހާ އެ ބުޅާ އައްސައި، އެއަށް ކާއެއްޗެއް ނުދިނެވެ. އަދި އޭތި އަމިއްލައަށް ކައިބޮއެ އުޅުމަށް ދޫކޮށެއްވެސް ނުލިއެވެ.

އެހެން ޙާދިސާއެއްގައިވެއެވެ.

އިމާމް ބުޚާރީ އާއި އިމާމް މުސްލިމް، އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވި އެވެ. މީހަކު މަގަކުން ހިނގަމުން އަންނަނިކޮށް ވަރަށް ބޮޑަށް ކަރުހިއްކަން ފެށިއެވެ. ފެންފޮދެއް ލިބޭނެ ގޮތެއް ހޯދަމުން އަންނަނިކޮށް ފެން ވަޅެއް ފެނުނެވެ. އެހެންނަމަވެސް، އެ ވަޅުން ފެންނެގޭނެ އެއްވެސް އެއްޗެއް ނެތެވެ. އޭނާއަށް ކުރިމަތިވެފައިވާ ކަރުހިއްކުމުގެ ބޮޑުކަމުން ވަޅަށް ފައިބައިގެން ފެން ބޮއެފިއެވެ. އޭނާ ހިތް އެދޭ ވަރަށް ފެން ބުއިމަށްފަހު ވަޅުގެ އަނގަމަތިން ބޯ އުފުލާލިހިނދު ފެނުނީ ކުއްތާއެކެވެ. ކަރުހިއްކައިގެންފައިވާލެއް ބޮޑުކަމުން އެ ކުއްތާގެ ދޫ ވަނީ ބޭރަށް ނުކުމެފައެވެ. އަދި ކަރުހިއްކުން ފިލުވުމަށްޓަކައި ބިމުގައިވާ ވެލިކަމުން ދިޔައެވެ. އެހިނދު އެމީހާ ހިތާހިތާ ބުނެލިއެވެ. "ތިމަންނައަށް ކަރުހިއްކުން ކުރިމަތިވި ވަރަށް މި ސޮރަށްވެސް މިވަނީ ކަރުހިއްކުން ކުރި މަތިވެފައެވެ." ދެން އެމީހާ އެ އެތީގެ ޙާލަތާމެދު ހަމްދަރުދީވެ، އަލުން ވަޅުތެރެއަށް ފޭބުމަށްފަހު، އޭނާގެ ޚުއްފަށް ފެންއަޅައިގެން، އަނގައިން އޭތި ހިފައިގެން ވަޅުން އަރައިފިއެވެ. ޚުއްފަކީ އިސްޓާކީނުގޮތަށް ފަޔަށް އެރުވުމަށް ހަމުން ހަދާފަ ހުންނަ އެއްޗެކެވެ. އެމީހާ ވަޅުން އެރުމަށްފަހު އެ ކުއްތާއަށް ފެންދިނެވެ. މާތް ﷲ އެމީހާގެ އެ ޢަމަލަށް ޝުކުރުވެ ވޮޑިގެންނެވިއެވެ. އަދި އެމީހާގެ ފާފަތައް ފުއްސަވައި ދެއްވިއެވެ.

މި ޙާދިސާއިން އެނގިގެން ދަނީ މާތް ﷲގެ ދީލަތިވަންތަ ކަމެވެ. އެކަލާނގެ އަޅުތަކުންގެ ނަޒަރުގައި ކުރާ ވަރަށް އާދައިގެ ކަންކަންވެސް، އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކު ކޮށްފިކަމުގައިވާނަމަ، ބޮޑުވެގެންވާ ޘަވާބާއި އަޖުރު ދެއްވާކަމެކެވެ. ހަމައެހެންމެ، އިންސާނުންނަށްޓަކައި އެކަލާނގެ ޚަލްޤުކުރެއްވި ޖަނަވާރުންނަށް އިޙްސާންތެރިވުމުގެ މަތިވެރި ޘަވާބާއި ދަރުމައެވެ. އެތަކެއްޗާމެދު އޯގާތެރިވުމުގެ މާތްކަމެވެ.

މިއަދު އަހަރެމެންގެ ހިތް އުފަލަށްޓަކައި ތަފާތު އެކި ދޫނިތަކާއި މަސްތަކާއި އެނޫންވެސް ޖަނަވާރުތައް ގެންގުޅޭއިރު އެތަކެއްޗަށް އަނިޔާވެރި ނުވާނޭހެން ގެންގުޅެންޖެހެއެވެ. އެތަކެއްޗަށް ދޭންޖެހޭ ޙައްޤުތައް ދޭންޖެހޭނެއެވެ. އެކަންކަމުގައި ފަރުވާކުޑަކުރުމަކީ އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ޢުޤޫބާތެއްވެސް ލިބިގެން ހިނގައިދާނެ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.