ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް-- ފޮޓޯ/މަޖިލިސް
ހަބަރު
31 Oct 2022 | 17:56
މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް: އުޝާމް

ރައްޔިތުންގެ މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ހުސްވާތީ 5.8 ބިލިއަން ރުފިޔާ ސަޕްލެމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅުމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކަާރުން ކޮންމެ އަހަރަކުވެސް ކަންތައް ކުރަނީ މިފަދައިން ކަމަށެވެ.

އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް ކުރާކަމެއް ކަމަށާ ސަރުކާރުން އަންނަނީ ބޭނުންހާ ގޮތަކަށް ގާނޫނާ ހިލާފަށް ހަރަދުތައް ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް." އުޝާމް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓު މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އަހަރު ނިމޭއިރު އެ އަދަދު 42.8 ބިލިއަނަށް އަރާނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފައެވެ. އިތުރު 5.8 ބިލިއަން ފާސްކުރަން ހުށަހަޅަނީ އެކަން ފޫބެއްދުމަށެވެ.

ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުގައި ބަޖެޓު އިތުރު ކުރަން ޖެހުނީ ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވުމާއި، ތަރައްޤީގެ މަޝްރޫއުތަކަށް ކުރާ ހަރަދުތައް އިތުރުވުމާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އަދި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެ ކުންފުންޏަށް ފައިސާ ދިނުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.