ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު
ހަބަރު
31 Oct 2022 | 18:14
ވޭޕް ވިއްކާ މީހުންނަށް އެޗްޕީއޭ އިން އިންޒާރުދީފި

ވޭޕް އިޝްތިހާރު ކޮށްގެން އެ ވިއްކާ މީހުންނަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިންޒާރުދީފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ދުންފަތުގެ އިސްތިއުމާލް ކުރުން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ކުށެއް ކަމަށެވެ. ނަމަވެސް ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް ވަކިން ހާއްސަކޮށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރަމުންދާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. 

އަދި ބައެއް އިޝްތިހާރު ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭކަމަށާއި އަދި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމާއި އޭގެން ލިބޭ ސިއްހީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުން ނުވާކަމަށް ބުނެ ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ވުމާއެކު އެޗްޕީއޭއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ގާނޫނު ތަންފީޒު ކުރުމަށް ހަވާލުވެފައިވާ ފަރާތްތަކަށް ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދުންފަތް ކޮށްޓްރޯލް ކުރުމާ ބެހޭ ގާނޫނޫގައި ހިމެނޭ ކަންތައްތައް ހަދާންކޮށްދީފަ އެވެ.

އެގޮތުން ވޭޕް، ޝީޝާ، ހީޓެޑް ޓޮބޭކޯ އަދި އީސިނގިރޭޓަކީ ވެސް ދުންފަތުގެ ބާވަތްތައް ހިމެނެނީ ދުންފަތުގެ ތެރޭގައި ކަމަށާ އެބާވަތްތައް އިސްތިހާރު ކުރުމަކީ ގާނޫނީ ކުށެއް ކަމަށް އެ އިއުލާނުގައި ވެއެވެ. 

މިއާއެކު ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އަހުލުވެރިވާން ބޭނުންވާނަމަ އެޗްޕީއޭއަށް ފޯނު ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެޗްޕީއޭގެ އިއުލާނުގައި އެދިފައި ވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ބުނާ ގޮތުން އެގާނޫނާއި ހިލާފުވާތް ފަރާތްތައް -/500 ރުފިޔާ އާއި -/100000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ކޮމެންޓް
ޢާޙޫ
ތީ ސީދާ މޮޔަެިންގެ ްްވާިދެއްa
31 Oct 2022
ވިސްނިތަން
ސިނގިރޭޓް އޯކޭ ވޭޕް ބުއީމަ ކަޑަ. މިފަހަރުވެސް ވިސްނީ ކިޑްނީން.
31 Oct 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.