ޓުއަރިޒަމް މިނިސްޓަރު މައުސޫމު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
01 Nov 2022 | 11:20
ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ އާއި ގުޅިގެން އިންވެސްޓަރުންގެ ޝައުގުވެރިކަން ބަދަލުވި: މައުސޫމު

ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެއަށް އިންވެސްޓުކުުރުމުގެ ޝައުގުވެރިކަން ހުރި އެތައް ފަރާތްތަކެއްގެ ވިސްނުން ބަދަލުވެގެން ދިޔަކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ މައުސޫމު ވިދާޅުވެއްޖެއެވެ.

މައުސޫމު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޓުއަރިޒަމް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ އައްސަވާ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު މިއަދަށްވުރެ މާދަން ކުރިއެރުވުމުގެ ވިސްނުން މިނިސްޓްރީއިން އަބަދުވެސް ގެންގުޅޭކަމަށެވެ. އެހެން ނަމަވެސް އިންވެސްޓުމަންޓު ފަނޑު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއާއެކު ވިދާޅުވީ ރަޝިޔާ ޔޫކުރެއިން ހަނގުރާމައިގެން ކުރިން ވަރަށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އަމާޒުވެފައި ހުރިކަމަށެވެ. އެހެން ނަމަވެސް އެ ހަމަނުޖެހުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ވިސްނުން ބަދަލުވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

" ރަޝިޔާ-ޔޫކުރެއިން ހަނގުރާމް ފެށެން، އެ ކޮންފްލިކްޓް ފެށުން އިރު އޭރު ވަރަށް ގިނަ އިންވެސްޓަރުން ރާއްޖެއަށް ޝައުގު ނަގައިގެން އުޅުނު، އެހެން ނަމަވެސް އެކަމާއި ހެދި ދުނިޔޭގެ މުޅި އިގްތިސާދަށް މި އައި ބަދަލުގައި އަޅުގަނޑުމެންނަށް ތަންކޮޅެއް ދަށްކޮށް އިންވެސްޓަރުންގެ ހަރަކާތްތައް މި ފެންނަނީ"

ޓުއަރިޒަމް މިނިސްޓަރު ޑރ މައުސޫމު 

އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ހާލަތުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހެނީ ދިވެހި އިންވެސްޓަރުންގެ ދައުރު ފުޅާކުރުމަށްކަމަށެވެ. ބޭރު އިންވެސްޓަރުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރުމަށް ބަރޯސާވެއްޖެނަމަ މި ސިނާއަތަކީ ބޭރުގެ އުފެއްދުމެއްކަމަށް ދުނިޔެއިން ގަބޫލުކުރުން ގާތްކަން މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިން ވަރަށް ބުރަ މަސައްކަތުން ދުނިޔެއަށް ދެއްކި ސިނާއަތެއްކަމަށް ވާއިރު އެ ގޮތުގައި މި ސިނާއަތު ދެމެހެއްޓުން މުހިންމުކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.