ޝިޔާމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
01 Nov 2022 | 11:52
އޭޖީ ލަދާ އެރުވިޔަސް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާކަށް ނުޖެހޭ: ޝިޔާމު

ބަންޑާރަ ނައިބު ލަފާފުޅެއް އެރުވި ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އެއްވެސް ނިންމުމެއް ނިންމަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުންނެވެ. 

ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ސަރުކާރުން ޗާގޯސް މައްސަލައިގައި މޮރިޝަސް ކޮޅަށް ޖެހުމުން އެކަމުގެ ގެއްލުން ދިވެހި މަސްވެރިންނަށް ކުރާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޯޅަވަހި ސަރަހައްދަކީ މިހާރުވެސް ދިވެހިން މަސް ބާނަމުންދާ ސަރަހައްދެއްކަމަށެވެ. އެއާއި ޚިލާފަށް މޮރިޝަސްއަކީ އެމީހުންގެ ސަރަހައްދުން މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކަށް ލައިސެންސް ދޫކުރާ ބައެއްކަމަށެވެ. 

ފޯޅަވަހި ސަރަހައްދުން 91 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މޮރިޝަސްއަށް ދިނުމާއި ގުޅިގެން އެ މީހުން ހުއްދަދޭ ގައުމުތަކުން އެ ސަރަހައްދުން ލޭނު އަޅައިގެން މަސްވެރިކަން ކުރަން ފަށާނެކަމަށާއި އެ ހިސާބުން ދިވެހި މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ ދިވެހި މަސްވެރިންނަށް މިހާ ބޮޑު ގެއްލުމެއް ލިބެން އޮތް ކަމެއްގައި އޭޖީގެ ލަފާފުޅެއް ރައީސުލް ޖުމްހޫރިއްޔާއަށް އެރުވި ނަމަވެސް އެކަން އެގޮތަށް ކުރައްވަން އެމަނިކުފާނަށް ޖެހިވަޑައެއް ނުގަންނަވާނެކަމަށެވެ. 

"އެނގޭ އެއްޗަކީ ދިވެހި ރައްޔިތުންގެ އެތައް ހައްގުތަކެއް، ދިވެހިރާއްޖޭގެ އެތައް ހައްގުތަކެއް ގެއްލޭގޮތަށް އެޓާނީޖެނަރަލް އެ ހުންނެވީ ލަފާފުޅެއް ދެއްވައިގެން. ގާނޫނު އަސާސީއާއި ޚިލާފަށް. އަދި އެޓާނީ ޖެނެރަލް ލަފާފުޅެއް ދެއްވިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާއަށް އެގޮތަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ޝިޔާމު ވިދާޅުވީ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ނަގަން ޖެހޭކަމަށެވެ. 

ޗާގޯސް މައްސަލައިގައި ސަރުކާރުން ކުއްލިގޮތަކަށް މޮރިޝަސްކޮޅަށް ޖެހުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން ސަރުކާރުގެ އެ ނިންމުމަކީ އަވައްޓެރި އިންޑިއާއިން ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތައްވެސް ގެންދަނީ ތުހުމަތުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.