ވައްޑެ މަޖިލީހުގައި ވާހަކަދައްކަވަނީ/ މަޖިލިސް
ހަބަރު
02 Nov 2022 | 12:14
ޕޯޑިއަމަށް އަރާ ވަޑައިގެން "ވެލިފުކެއްވެސް ދޫކޮށްނުލާނަމޭ" ވިދާޅުވުމަކުން ނުފުދޭ: ވަހީދު

ދިވެހިރާއްޖޭގެ ސަރަހައްދު ގެއްލޭގޮތަށް ކަންކަން ނިންމެވުމަށްފަހު ޕޯޑިއަމްއަށް އަރާ ވަޑައިގެން ވެލިފުކެއްވެސް ދޫކޮށްނުލައްވާނެކަމަށް ވިދާޅުވުމުން އެކަނި ނުފުދޭކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައެޅި ގަރާރަށް ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ޗާގޯސް މައްސަލައަކީ މިއަދު ރާއްޖޭގެ ރައްޔިތުންގެ ޚާއްސަކޮށް ދިވެހި މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަމަށެވެ. 

ޗާގޯސް ނުވަތަ ފޯޅަވަހި ސަރަހައްދަކީ ނުވަތަ އެ ސަރަހައްދުގެ މަސް ކަނޑަކީ ދިވެހިން މިހާރުވެސް މަސް ބާނަމުން އަންނަ އެތަނުން މަންފާ ހޯދަމުން އަންނަ ތަނެއްކަމަށް ވައްޑެ ވިދާޅުވިއެވެ. އެކަން އެހެން އެއްވާ ފޯޅަވައްސާއި 2000 މޭލު ދުރުގައި އޮތް އެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ނެތް ބައެއްގެ އަތްމައްޗަށް އެތަން ދޫކޮށްލުމުން ދިވެހިރާއްޖެއަށް ވެގެންދާނެ ގޮތާއި މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި މިފަދަ ހައްސާސް މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ ހަނު ހުންނެވުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މެދުވެރިކޮށް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ވާހަކަދެއްކުވުމަކީ އަދި ވަކިން ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވައްޑެ ފާހަގަކުރެއްވިއެވެ. 

"މީ ވަރަށް ހައްސާސް މައްސަލައެއް. ކޮންމެ މީހެއްގެ އެތައް ސުވާލަކަށް ޖަވާބު ބޭނުންވާ މައްސަލައެއް. މީގައި ހަމައެކަނި ރާއްޖެ އިސްލާމްވި ދުވަހި އަރާ އިންޗިއެއްވެސް ދޫކޮށް ނުލާނެއޭ، ވެލިފުކެއްވެސް ދޫކޮށްނުލާނެއޭ (ބުނުމުން) އެވަރެއް ނުފުދޭ. ހޯމް މިނިސްޓަރު ތިމަންނަ ހެކިވަމޭ އެވަރުކަމެއް ނުކުރައްވާނެއޭ (ބުނުމަކުން) އެ ވަރެއް ނުފުދޭ"

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވައްޑެ ވިދާޅުވީ ކަނޑައެޅިގެން ރާއްޖެއަށް ގެއްލުން ނުވާނެކަމުގެ ސައްހަ މައުލޫމާތު ރައްޔިތުންނާއި މަޖިލީހަށް ހިއްސާކުރަން ޖެހޭކަމަށެވެ. ސަރުކާރުން އެކަންކަން ނުރުކުރައްވާތީ އެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. 

ރައްޔިތުންގެ މަޖިލީހާއި އެވާހަކަ ހިއްސާ ނުކުރާއިރު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓާއިވެސް އެ މަޝްވަރާ ނުކުރައްވާކަމަށް ބައެއް ވަޒީރުން މައުލޫމާތު ދެއްވާފައިވާކަމަށް ވައްޑެ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.