ޝިޔާމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
02 Nov 2022 | 12:25
ލާމަރުކަޒީ ނިޒާމު ހިންގޭވަރަށް ފައިސާ ހޯދާކަމަށް ސަރުކާރަކަށް ނޭނގޭ: ޝިޔާމް

ލާމަރުކަޒީ ނިޒާމު ހިންގޭވަރަށް ފައިސާ ހޯދަން މި ސަރުކާރަށް ނޭނގޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއި ގުޅިގެން މަޖިލީހުގެ ކޮމެޓީއިން ނިންމި ގޮތުގެ ރިޕޯޓާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ލާ މަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ކުއްލި ކުއްލިއަށް އިސްލާހުތައް ހުށައަޅާއިރު ސަރުކާރަށް މި ނިޒާމު ހިންގަން ނޭނގިގެން އުޅޭ މަންޒަރު ފެންނަމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

މި ސަރުކާރަކީ އަންހެނުން ބާރުވެރިކުރުމަށް އައި ސަރުކާރެއް ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަންހެނުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައިވާކަން ޝިޔާމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އެއާއެކު ޝިޔާމު ވަނީ ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ވިސްނުންފުޅެއް ނެތި ވައުދުވެވަޑައިގަތުން ހުއްޓާލުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އެއީ ރައީސް ސޯލިހު އެފަދައިން ވާ ވައުދުތައް ފުއްދުމަށް އާމްދަނީ ހޯދޭނެ ގޮތެއް ސަރުކާރަށް ނުދެއްކޭތީކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"ރައްޔިތުންނަށް އުންމީދުތަކެއް ދިނީ ކައުންސިލްގައި ތިއްބަވާނެއޭ ޑަބްލިއުޑީސީގެ ބޭފުޅުންވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއެއް އޮންނާނެއޭ، ފުލް ފަންކްޝަން ކުރާ ކޮމެޓީއެއް އޮންނާނެއޭ، އެ ރަށެއްގެ އެ މުޖުތަމައެއްގެ އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާނެ ކޮމެޓީއެއް އޮންނާނެއޭ. އެހެން ނަމަވެސް މިއަދު މިވީ ކިހިނެއްތޯ؟ އެ ކޮމެޓީއިން މެމްބަރަކު ޒަރޫރީ ކަމެއްގައި މަޖުބުރުވެގެން އިސްތިއުފާދެއްވަން ޖެހުނަސް މި މެމްބަރަކު އިންތިޚާބު ކުރެވޭ ގޮތެއް ނުވޭ. ރައްޔިތުން މި މަޑުކުރަން ޖެހެނީ 365 ދުވަސް ވަންދެން. ކީއްވެގެންތޯ؟ އިންތިޚާބުތައް ބާއްވާނެ ފައިސާ ނެތީ. ނިޒާމު ހަމަ ބޮލަށް އަންނަހާ ނިޒާމެއް ވިއްޔާ މި ގެންނަނީ. އެކަމަކު އެ ނިޒާމު ހިންގާނެ ވަރަށް އާމްދަނީ ހޯދާކަށް ސަރުކާރަށް ނޭނގޭ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ލާމާރުކަޒީ ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިއެއް ހުސްވެއްޖެނަމަ ދެން އެ ގޮނޑިއަށް މެމްބަރަކު އައްޔަން ކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގައެވެ. 

ސަރުކާރުން މިފަދައިން އިސްލާހު ހުށައެޅީ އަވަސް އަވަހަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދެމުންދާތީ އިންތިޚާބުތައް ބާއްވަން ޖެހުމުން ބޮޑު ޚަރަދެއް ހިނގާތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އެފަދައިން އިސްތިއުފާ ދޭން ޖެހޭ ސަބަބު ބިލު އެކުލަވާލިއިރު ދިރާސާކުރެވިފައި ނުވާކަން ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ސަރުކާރަށް ފާޑުކިޔުންތައްވެސް ވަނީ އަމާޒުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.