ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Nov 2022 | 14:47
އަރަބިއްޔާ ސުކޫލުގެ މަސައްކަތް ނިންމާނީ މިސަރުކާރުން!: މިއުވާން

މި ދައުރު ނިމެންވާއިރަށް އަރަބިއްޔާ ސުކޫލުގެ މަސައްކަތް ނިންމާނެކަމަށާ އެ ސުކޫލު ނިންމާނީ މިސަރުކާރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަރަބިއްޔާ ސުކޫލު ބަޖެޓުގައި ހިމަނާފައި ނުވާ ސަބަބާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، އެ ސުވާލަށް އެޑިއުކޭޝަން މިނިސްޓަރުވެސް މިހާރު ކޮންމެވެސް ވަރަކަށް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވާފައި ވާކަމަށެވެ. 

ބަޖެޓުގައި ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ހިމަނާފައި ނުވަނީ އިދާރީ ގޯހަކުންކަމަށް ބެލެވޭކަމަށާއި، އެހެން ނަމަވެސް އެ ސުކޫލުގެ މަސައްކަތް ކުރަމުންދާނެކަމަށް މިއުވާން ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭނީ މި ސަރުކާރުންކަމަށެވެ. 

"އަރަބިއްޔާ މައްސަލައަށް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ހައްލު ގެންނާނަން. ބަޖެޓުގައި، މިއަދުދެން އެޑިއުކޭޝަން މިނިސްޓަރުވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާނެ އިދާރީ ގޮތުން އެ ފޮތުގައި ސީދާ އެ ވާހަކަ ޖެހިފައި ނެތީ ކީއްވެގެންތޯ އެ ބައްލަވާކަމަށް. އެހެން ނަމަވެސް 2 ސުކޫލުގެ ބަޖެޓަށް ސަތޭކަ އެތައް މިލިއަނެއް ހަމަޖެހިފައި ހުރި ވާހަކަ މި ދަންނަވާލީ. އެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކުރެވި މަސައްކަތް ކުރިއަށް އެބަދޭ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން 

މިއުވާން ވިދާޅުވީ އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތަކީ ފައިސާ ނެތިގެން ހުއްޓާލާ ވަރަށް ވުރެ މާ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. އަރަބިއްޔާގެ ދަރިވަރުން މީގެ ކުރިން އުފުލަމުން ދިޔަ ތަކުލީފުތަކަށް ހައްލު ގެނެސްދޭނީ މި ސަރުކާރުންކަމަށް މިއުވާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައެވެ. އެ އިމާރާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ދަރިވަރުން އަސާސީ އެތައް ހއްގުތަކުން މަހުރޫމުކޮށްގެން ތިބެން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އަދި އަރަބިއްޔާގެ ދާއިމީ އިމާރާތް އެޅުމށް ބާ ޖަމާލުއްދީން ސުކޫލު ދިނުމަށްފަހު އެތަނުން ބޮޑު ޖާގައެއް އުނިކުރި ކުރުމަކީ ސުކޫލުގެ މުސްތަގުބަލަށް ހުރަސް އެޅިގެންދާނެ ކަމެއްކަންވެސް އެ ސުކޫލުން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.