ދިވެހި ބަހުގެ އެކަޑަމީ
ހަބަރު
02 Nov 2022 | 14:34
ދިވެހިބަހުގެ ގަވާއިދު ފޮތަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިބަހުގެ ގަވާއިދު ފޮތަށް ޚިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑަމީން ހުޅުވާލައިފިއެވެ. 

މިކަމާއި ގުޅޭ ގޮތުން ދިވެހިބަހުގެ އެކަޑަމީން ކުރި ޢިއުލާނެއްގައި ވަނީ، މި ވޭތުވެ ދިޔަ ދުވަސްތަކުގައި ޢިލްމީ ގޮތުން މުޖުތަމަޢަށް އައި ކުރިއެރުމާއެކު މީހުންގެ ވިސްނުމަށާއި ހޭލުންތެރިކަމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް މުޖުތަމަޢަށް މި އައި ބަދަލުގެ ސަބަބުން ބަހާމެދު މީހުން ތަފާތު ގޮތްގޮތަށް ވިސްނާން ފަށައިފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އެތައް ބަޔަކު ބަހާ ބެހޭ ޢިލްމީ ދިރާސާތަކެއް ކޮށް، ބަހުގެ ގަވާއިދުގެ ތެރެއިން ވެސް އާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ. 

ވުމާއެކު، މި ޒަމާނަށް ފެތޭ ގޮތަށް ދިވެހިބަހުގެ ގަވާއިދު ފޮތެއް އެކުލަވައިލުމުގެ މަސައްކަތް އެ އެކެޑަމީގެ ގަވާއިދު ކޮމެޓީ މެދުވެރިކޮށް މި ކުރަމުންގެންދާކަމަށާ، މި ގަވާއިދު ފޮތް އެކުލަވައިލުމުގައި ބަހާމެދު ވިސްނާއި ޚިޔާކުރާ މީހުންގެ ޚިޔާލުފުޅުތައް ހިމެނުމަކީ މުހިންމުކަމެއްކަމަށް އެ އެކަޑަމީއިން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. 

ވީމާ ދިވެހިބަހުގެ ގަވާއިދާ ބެހޭ ގޮތުން ދިވެހިބަހުގެ ޑިގްރީ ކޯހެއްގައި ނުވަތަ މާސްޓާރސް ކޯހެއްގައި ނުވަތަ އަމިއްލަ ގޮތުން ނަމަވެސް އެއްވެސް ދިރާސާއެއް ކޮށް އާ ކަންތައްތަކެއް ހޯދާފައިވާ ނަމަ، ނުވަތަ ގަވާއިދަށް ނުވަތަ ދިވެހިބަސް ބޭނުންކުރުމުގެ ހަމަތަކަށް ގެންނާން ފެންނަ އެއްވެސް އިޞްލާޙެއް ފާހަގަކުރެވިފައި އޮތް ނަމަ، އެ އިޞްލާޙުތައް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހު 30 ގެ ނިޔަލަށް  ޢާންމުކޮށް ހުޅުވައިލައިފައިވާ ވާހަކަ އެ އެކަމީން ބުނެއެވެ.  

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3014800 ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.