ހަބަރު
02 Nov 2022 | 15:45
ޢަރަބި އުނގަންނައިދިނުމުގެ ޚާއްޞަ މަޝްރޫޢެއް ޢިލްމް އިންސްޓިޓިއުޓްއިން ފަށަނީ

މަދަރުސީ މަރުޙަލާގެ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢެއް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމާފައިވާ ކަން އިޢްލާނުކޮށްފިއެވެ.

އެ އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤުޞަދުގައި، ފަށާ މަޝްރޫޢެކެވެ.

ޢިލްމު އިންސްޓިޓިއުޓުގެ ފަރާތުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، 7 އަހަރާ 16 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް އަމާޒުކޮށްފައިވާ މި މަޝްރޫޢުގައި، ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ބޭނުންކުރާނެ މުޤައްރަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެކެވެ. އަދި މި މުޤައްރަރުގެ ތެރެއިން ދަރިވަރުންނަށް ކިޔަވައިދެވޭނީ މަރުޙަލާތަކަކަށް ބަހާލެވިގެން، އެއް މަރުޙަލާ ނިމުމުން ދެން އޮތް މަރުޙަލާއެއް ފަށާ ގޮތަށެވެ. ފެންވަރު ރަނގަޅު މުދައްރިސުންގެ އެހީއާ އެކު މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށްވެ، ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާނެއެވެ. އެ އިންސްޓިޓިއުޓްގެ އޮފިޝަލު ވިދާޅުވާ ގޮތުން ދެ ޖިންސުގެ ސްކޫލް ދަރިވަރުންނަށް ހުޅުވާލެވިގެން ފެށޭ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އިތުރު ތަފްޞީލު ވަރަށް އަވަހަށް ހާމަކުރާނެއެވެ.

16 އަހަރުން މަތީގެ ފަރާތްތަކަށް ޢަރަބި ބަސް އުނގަންނައިދޭ އެމް.ކިޔު.އޭ ބަލައިގަންނަ ކޯސްތަކެއް ވެސް ކުރިއަށްގެންދާ ޢިލްމު އިންސްޓިޓިއުޓްގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދެވިގެން 100 ޙާފީޡުން އުފެއްދުމުގެ މުހިންމު މަޝްރޫއެއް ކުރިއަށްދެއެވެ. ދިވެހިންގެ ވަރަށް ބޮޑު ތަރުޙީބަކާ އެކު ކުރިއަށްދާ މި ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ޙިފްޡު ކުރަމުން ދާއިރު، މިއީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޡުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި އިލްމު އިންސްޓިޓިއުޓުން ކާމިޔާބުކަމާ އެކު، މިހާރުވެސް ކުރިއަށް ގެންދާ ވަރަށް ޚާއްޞަ މަޝްރޫޢެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.