ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
03 Nov 2022 | 08:50
އެހެން ދީނުގެ ޝިޔާރުތައް ފާޅު ނުކުރެވޭނެއޭ ތި ބުނަނީ އެކަމަށް ފަހިކޮށްދީފައި: ޢަލީ ރަމީޒު

އިސްލާމް ދީން ނޫން އެހެން ދީން ތަކުގެ ޝިޢާރުތައް ފައުޅުނުކުރެވޭނެ ކަމަށް އަދުގެ ސަރުކާރުން ބުނަމުންދަނީ އެކަން ކަމަށް މަގުފަހިކޮށްދީފައި ކަމަށް ވިދާޅުވެ ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ނުރުހުން ފައުޅުކޮށްފިއެވެ. 

ފަހަކަށް އައިސް ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް، ޚާއްސަކޮށް ހިންދޫ ދީނުގެ ޝިއާރުތައް ފާޅުގައި އިންޑިއާގެ އެކިއެކި ފަރާތްތަކުން ފައުޅުކުރާތަން އަންނަނީ ފެންނަމުންނެވެ. އެގޮތުން ދާދިފަހުން އައްޑޫ ސިޓީ ހިތަދޫގެ ކެނަރީމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިއިރު، އެ މަސައްކަތް ހިންދޫއިންގެ އަޅުކަމާއެކުގައި ފެށި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެކަން ކުށްވެރިކުރައްވައި، އެމައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އިއްޔެ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޢަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރުތައް ޢާއްމުކޮށް ފައުޅުކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ، އެފަދަ ކަންކަމަށް އިންކާރުކުރާ ކަމަށް އަޑުބާރު ލާފައި ބުނާއިރު, އެފަދަ ކަންކަމަށް ހިތްވަރުދީ، އެ ޖަރީމާތައް ހިންގުމަށް މަގުފަހި ކޮށްދެނީވެސް ސަރުކާރުން ކަމަށެވެ. 

އައްޑޫގައި ހިންދޫ ދީނުގެ އަޅުކަން ފާޅުގައި ކުރި މައްސަލައިގެ އިތުރުން މީގެ ކުޑަ ދުވަސްކޮޅެއްކުރިން ބިލެއްދޫގައިވެސް އިންޑިއާ ބަޔަކު ހިންދޫ ދީނުގެ ޚާއްސަ ދުވަހެއް ފާހަގަކުރުމަށް އަޅުކަމެއް ހިންގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ. 

މި ނޫނަސް މިފަދަ އެތައް މައްސަލައެއް ފެންމަތިވެގެން ގޮސްފައިވާއިރު މިއިން އެއްވެސް ކަމަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
އަލީ ބިން ޔޫސުފް
މެންކް ފުރާއިރަށް ޚަވާރިޖުން އެމީހުންގެ މަސައްކަތް ފެށީއެވެ. އެންމެ ފުރަތަމަ މިގައުމުގައި ގާއިމުކުރަންވީ މިމީހުންނަށް ދޭން އޮންނަ އަދަބުދޭށެވެ.
03 Nov 2022
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ