ހުދުހުދު
ހަބަރު
03 Nov 2022 | 09:23
ހުދުހުދު ރާއްޖެ އައިސްފި!

ހޫޕޯ ނުވަތަ ދިވެހި ނަމުން ނަމަ ހުދުހުދު ދޫނި ރާއްޖޭގެ ބައެއް ރަށްރަށުން ފެންނަމުންދާތީ ގިނަ ބައެއްގެ ސަމާލުކަން އެ ދޫންޏަށް ހުއްޓިއްޖެއެވެ. 

ހުދުހުދަކީ ރާއްޖޭގައި ދިރިއުޅޭ ދޫންޏެއް ނޫން ނަމަވެސް ދޭތެރެ ދޭތެރެއިން، އިރުވައި މޫސުމުގެ ވަޔާއި އެނޫންވެސް މޫސުމީ ކަންކަމާއި ގުޅިގެން މިދޫނި ރާއްޖެއިން ފެނެއެވެ. އެގޮތުން މިފަހުން މި ދޫނި ފެނިފައިވަނީ ޅ. އަތޮޅުންނާއި، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އިންނެވެ. 

ހުދުހުދު ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި-- ފޮޓޯ: އުޝާން މުހައްމަދު 

ހުދުހުދަކީ މައިގްރޭޓަރީ ދޫންޏެކެވެ. އެއީ އަބަދު އެއްތަނެއްގައި ހުރުމުގެ ބަދަލުގައި އެކި ދުވަސް ވަރު އެކި ސަރަހައްދުތަކަށް ދަތުރުކުރާ ދޫންޏެކެވެ. މި ދޫނި އާއްމު ކޮށް ދިރިއުޅެނީ އެފްރިކާއާއި، އޭޝިއާއާއި އަދި ޔޫރަޕުގެ ގައުމުތަކުގައެވެ. ރީތި ފިޔަތަކެއް ލިބިފައިވާ މި ދޫނީގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭގެ ބޮލުގައި ތާޖެއް ފަދައިން ހުންނަ ފިޔަތަކެވެ. 

މީގެ އިތުރުންވެސް މި ދޫންޏަކީ އިސްލާމީ ތާރީޚުގައިވެސް ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ދޫންޏެކެވެ. އެގޮތުން ސުލައިމާނު އަލައިހިއްސަލާމްގެ ޒަމާނުގައި ދިރިއުޅުނު އިރަށް އަޅުކަންކުރާ އަންހެން ރަސްކަލެއްގެ ވާހަކަ ސުލައިމާނު ގެފާނާއި ހަމައަށް ގެނެސްދީފައިވަނީ ހުދުހުދެވެ. 

ރީތި ހުދުހުދު ދޫނި ރާއްޖެއިން ފެނިފައިވާއިރު، ދާދިފަހުން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ގުޑުގުޑާ ދޫނި ނުވަތަ ފްލެމިންގޯވެސްވަނީ ފެނިފައެވެ. އެ ދޫންޏަށްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިގެންގޮސްފައެވެ. ބޭރުގައުމުތަކުން ފެންނަ މިފަދަ ރީތި ދޫނިތައް ދޭތެރެ ދޭތެރެއިން މޫސުމީ އެކި ކަންކަމާއި ގުޅިގެން ރާއްޖެއިން ފެނެއެވެ. އެއަށްފަހު އެ ދޫނިތައް އުޅޭ ސަރަހަށްދަށް އެނބުރި އެ ދޫނިތައް ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.