ރައީސް ޔާމީން އަބްދުލްގައްޔޫމް--ފޮޓޯ: ވޮއިސް
ހަބަރު
03 Nov 2022 | 11:03
އެ ނާމާން "ސިއްކަގެ ދުވަސް" އަނެއްކާވެސް މިވަނީ އެނބުރި އައިސްފައި: ރައީސް ޔާމީން

3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވިފަދަ ބިރުވެރި ނާމާން 'ސިއްކަގެ ދުވަސް' އަނެއްކާވެސް އެނބުރި އައިސްފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ނޮވެމްބަރު 3 ވީ އެ ބިރުވެރި ދުވަހު، ދިވެހިންގެ ތެރެއިން ސިއްކަ އާއިލާ އަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭހެން ތަމަޅައިންނާއި ގުޅިގެން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ތަމަޅައިން ގްރެނޭޑު އުކި ވާހަކަ ގެންނަވާފައެވެ.

އަދި އެ ނާމާން ދުވަހު ދިވެހިޤައުމުގެ ދިފާއުގައި ލަޝްކަރެއް ނިކުމެ ހަނގުރާމަ ކޮށް އޭގެ ތެރެއިން ޝަހީދުވި އަބްޠާލުންގެ ޒިކުރާާ ވެސް ރައީސް ޔާމީން ވަނީ އައު ކުރައްވާފައެވެ. 

ނޮވެމްބަރު 3 ވީ އެ ދުވަސް ބިރުވެރި "ސިއްކަގެ ދުވަސް" ގޮތުގައި ރައީސް ޔާމީން ސިފަ ކުރައްވާފައި މިވަނީ، 3 ނޮވެމްބަރު ގެ އުދުވާނީ ހަމަލާގައި ބައިވެރިވުން އޮވެގެން ޝަރީއަތަށް ސާބިތުވެ އަދަބު ލިބުނު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށް އިޝާރާތް ކުރައްވައެވެ. ސިއްކަ އަހުމަދު އިސްމާއިލަކީ މިހާރުގެ ފަސްޓް ލޭޑީ ފަޒްނާގެ ބައްޕައެވެ. އަދި ތަމަޅައިން ގޮވައިގެން ދިވެހިރާއްޖެ ހިފަން އައި ލަޝްކަރުގައި އިސްކޮށް ހުރީ ހާޖަރާގެ ލުތުފީގެ އޭރު ވިޔަފާރި ޕާޓްނަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ