އެގްރޯނެޓް ގެ އެމްޑީ ހާރޫން ރަޝީދު
ހަބަރު
03 Nov 2022 | 14:25
މީސްމީޑިއާގައި ޚިޔާލު ފާޅުކުރާ ގޮތަކުން ފިޔަވަޅު އަޅާންޖެހިދާނެ ކަމުގެ އިންޒާރުދީފި!

މީސްމީޑިއާގައި ޚިޔާލު ފާޅުކުރާ ގޮތަކުން ފިޔަވަޅު އަޅާންޖެހިދާނެ ކަމުގެ އިންޒާރު، ސަރުކާރުގެ ވިޔަފާރި ކުންފުނި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން އެކުންފުނީގެ މުވައްޒަފުންނަށް ދީފިއެވެ. 

އެގްރޯނެޓުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ގަނޫނުތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވީ ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ކުންފުނީގެ އިމޭޖާއި ކުންފުނީގެ ހިންގުމަށް އަދި ވަޒީފާގެ ގޮތުން މުއާމަލާތުކުރާ އެކިއެކި ފަރާތްތަކަށް ވެސް ބުރޫ ނާރާނެފަދަ ގޮތަކަށް ކަމަށެވެ.

"އެއީ ދެކެވޭ ވާހަކައަކުން ނުވަތަ ކުރެވޭ ޕޯސްޓެއްގެ ޒާތުން އެތަކެއް ނޭދެވެ ކަންކަމާ ދިމާވުން އެކަށީގެންވެ އެވެ. މި ކުންފުންޏަކީ ސަރުކާރުގެ ކުންފުންޏަކަށް ވެފައި މިފަދަ އަމަލެއްގެ ސަބަބުން ކުންފުންޏަށްވެސް އޭގެ ނޭދެވޭ އަސަރެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" ސާކިއުލާގައި ބުންޏެވެ.

އެހެންކަމުން ސޯޝަލް މީޑިއާ ބޭނުންކުރާއިރު ބޭނުންކުރަންވާނީ ކުންފުންޏަށް އޭގެ ސަބަބުން ހުތުރު ނަމެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާ ގޮތަކަށް ކަމަށާ އަދި އޮފީސް ރަސްމީ ގަޑީގައި ސޯޝަލް މީޑިއާ ބޭނުންކުރަންވާނީ މަސައްކަތަށް ހުރަސްނޭޅޭ ގޮތަށް ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

"އެ ކަންކަމާ ހިލާފަށް އަމަލުކުރާ މުވައްޒަފުންނާމެދު ކުންފުނީގެ ޕޮލިސީތަކުގައި ވާގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އެޅޭނެ ކަމުގައި ދެންނެވިން" ސާކިއުލާގައި މުވައްޒަފުންނަށް އިންޒާރުދީ ބުނެފައިވެއެވެ.

ކޮމެންޓް
މަސްތްކަތުމީހާ
ޤާނޫން އަސާސީއިން ލިބިދީފައިވާ ހައަގެއް ނިގުޅައިގަތުމަކީ ކުށެއް. މަސަތްކައްތެރިންނަށް ރައްކާތެރި އަދި ހައްގުތައް ކަށަވަރު ވާ މާހައުލެއް ބިނާކުރުމައް ޔޫނިއަންތަކާބެހޭ ބިލް މިހާރުން މިހާރައް ފާސްކުރުމަށް ސަރުކާރައް ގޮވާލަން.
03 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.