އިމްރާން ޚާން ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: ބީބީސީ
ދުނިޔެ
03 Nov 2022 | 20:07
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން އަށް ބަޑިން ހަމަލާދީ ޒަހަމުކޮށްލައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަަށް ބަޑިން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިމްރާންގެ ގަޔަށް ބަޑިން ހަމަލާދީފައިވަނީ އަވަސް އިންތިހާބަކަށް ގޮވާލާ މުޅި ޕާކިސްތާނުގައި ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ގުޖުރާންވާލާގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. އަދި އެ ޕާޓީގެ އޮފިޝަލް އަޒްހަރު މަޝްވާނީ އާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަޑިން ދިން ހަމަލާ އަމާޒުވީ އިމްރާންގެ ފަޔަށެވެ. ނަމަވެސް އިމްރާންގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެ އެއްވުމުގެ ތެރެއިން އިމްރާންގެ އިތުރުން އޭނާގެ ސަޕޯޓަރެއްގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން މަރުވެސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިމްރާން ނިސްބަތްވާ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީގެ އެހެން ބައެއް މެންބަރުންނަށްވެސް އަނިޔާވެފައިވެއެެވެ.

އިމްރާން ޚާނަށް ބަޑިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ހައްޔަރު ކޮށްފައިވާއިރު އޭނާގެ ވީޑިއޯއެއް ފުލުހުން ވަނީ އާއްމު ކޮށްފައެވެ. އަދި އެ ވީޑިއޯގައި އޭނާ ވަނީ އިމްރާން ޚާން ގަޔަށް ބަޑިޖެހު ސަބަބުވެސް ވަނީ ހާމަކޮށްފައެވެ. 

"އޭނާ (އިމްރާން ޚާން) އުޅެނީ އެހެން މީހުން މަގުފުރައްދަން. އަހަރެންނަށް އެކަން ހަޖަމެއް ނުވޭ." އިމްރާން ޚާން ގަޔަށް ބަޑިޖެހި މީހާ ބުނެފައިވެއެވެ. 

މީގެ އިތުރުން، އެ މީހާ ބުނީ، އޭނާ ބޭނުންވީ އިމްރާން މަރާލަން ކަމަށާ، އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އަދި އެކަން ކުރީ އެއްވެސް މީހެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށާ، އެއީ އަމިއްލަ އަށް ބޭނުންވެގެން ކުރިކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.  

އިމްރާން އަށް ދެވުނު މިހަމަލާ ކުށްވެރިކޮށް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ މައްސަލަ ވީ އެންމެ އަވަހަށް ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.