ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
04 Nov 2022 | 09:43
ނޮވެމްބަރުގެ ހަމަލާ އާއި ސިއްކަ އާއި ގުޅުވުމަކީ އަބުރަށް އަރައިގަތުން: ރައީސް ނަޝީދު

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ގުޅުވައި ވާހަކަ ދެއްކުމަކީ ސިއްކަގެ އަބުރަށް އަރަގަތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 3 ނޮވެމްބަރުގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށެވެ. އަދި އޭނައަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

3 ނޮވެމްބަރުގެ ހަމަލާއާއި ގުޅިގެން ސިއްކައަށް ކުރި ދައުވާ އަކީ ހަމަލާއާއި ގުޅޭ މައުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ދައުވާއެވެ. އެދުވަހުގެ ހަމަލާ އާއި ގުޅިގެން އޭނާ ތަހްގީގަށް ދިން ބަޔާނުގައި އެހަމަލާ ދޭން އުޅޭކަން އޭނާ އަށް މާކުރިން އެނގޭ ކަމަށް އިއުތިރާފުވެފައި ވެއެވެ. އަދި އެ ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ހ.ހާޖަރާގެ ލުތުފީ ވެސް ވަނީ ހަމަލާ އާއި ގުޅޭ ހުރިހާކަމެއް ސިއްކައަށް އެނގޭނެ ކަމަށް ތަހުގީގުގައި އަދި ކޯޓުގައިވެސް ބުނެފައެވެ.

ރައީސް ނަޝީދު ސިއްކަގެ ދިފާއުގައި މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، ނޮވެމްބަރު 3 ވަނަ ދުވަހަކީ ބިރުވެރި ސިއްކަގެ ދުވަސް ކަމާއި، އެ ދުވަސް އަނެއްކާވެސް އެނބުރި އައިސްފި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޓުވީޓެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. 

އެގޮތުން ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ނޮވެމްބަރު 3 ވީ އެ ބިރުވެރި ދުވަހު، ދިވެހިންގެ ތެރެއިން ސިއްކަ އާއިލާ އަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭހެން ތަމަޅައިންނާއި ގުޅިގެން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ތަމަޅައިން ގްރެނޭޑު އުކި ވާހަކަ ގެންނަވާފައެވެ.

ކޮމެންޓް
ރަން ތަން
ޢަންނި ވަނީ ދިވެހިނަނަން ހައްދާރުވެފާ ސިއްކަ އަކީ މަޖިލިސްގެ ރައީސް
04 Nov 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.