ހަބަރު
04 Nov 2022 | 13:20
މަކަރާއި ހީލަތުން ހޯދާފައިސާ އަނބިދަރިންނަށް ކާން ދޭއިރު ވިސްނާލާންޖެހޭ: ޚުތުބާ

މަކަރާއި ހީލަތުން ހޯދާފައިސާ އަކީ ހަރާމް އެއްޗެއް ކަމަށްވާއިރު އެ އެއްޗެހި ތިމާގެ އަނބިދަރިންނަށް ކާން ދޭއިރު ވިސްނާލާންޖެހޭ ކަމަށް ޚުތުބާގައި ބުނެފިއެވެ. 

"މަކަރާއި ހީލަތް ހެދުން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ވަނީ މަކަރާއި ހީލަތް ހެދުން އަދި އޮޅުވާލުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށާ އެއީ ބޮޑު ފާފައެއްކަން ފާހަގަކޮށް އެކަމުގެ ހުރި ނުބައި ކަމާއި ގުޅޭގޮތުން އަލިއަޅުވާލާފައެވެ. 

އެގޮތުން ޚުތުބާގައި ބުނީ ކޮންމެ މީހަކުވެސް ދުންޔެވީ ޙަޔާތުގައި މަސައްކަތް ކުރަމުންދަނީ އުޚްރަވީ ޙަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ކަމަށާ، ވިޔަފާރިއާއި، އެ ނޫން މުޢާމަލާތުތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެ މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށްވެސް ވިސްނާލިންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ.

"މާތްﷲ ޙަރާމް ކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫން ހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟" ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން އަޅުގަނޑުމެންގެ އަނބިދަރިން ކާން ބޭނުންކުރާ ތަކެއްޗާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗަކީ ﷲ ހުއްދަ ކުރައްވާފައިވާ ގޮތަށް ހޯދާ ތަކެތި ކަމުގައިވުމަކީ ލާޒިމު ކަމެއް ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، ވިޔަފާރި ކުރުމުގައި ބައެއް ފަރާތްތަކުން މަކަރު ހަދައި އޮޅުވާލައި ފެންވަރު ދަށް މުދާ، ނަން މަޝްހޫރު ބްރޭންޑުތަކުގެ ނަމުގައި އަގު ބޮޑު އަގުގައި ވިއްކުމަކީ މަކަރާއި ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

"ހަރާމް އެއްޗެއް ކައިގެން މަސް ޖަހާފައިވަ ހަށިގަނޑު ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކަ އެވެ،" ހަރާމް މުދަލާއި ފައިސާ ކެއުމާ ބެހޭގޮތުން ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.