ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް
ހަބަރު
05 Nov 2022 | 17:40
އިމްރާން ޚާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރި ނުުކުރާތީ ޑރ ޝަހީމު ކަންބޮޑުވުންފާޅުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރި ނުކުރާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

އިމްރާންގެ ގަޔަށް ބަޑިން ހަމަލާދީފައިވަނީ އަވަސް އިންތިހާބަކަށް ގޮވާލާ މުޅި ޕާކިސްތާނުގައި ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ގުޖުރާންވާލާގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.

އިމްރާން ޚާންއަށް ދިން އެ ހަމަލާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އަދި ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ވަނީ ކުށްވެރިކޮސްފައެވެ. 

އެހެން ނަމަވެސް ދިވެހި ސަރުކާރުން މިހާތަނަށް އެ ހަމަލާ ކުށްވެރިކޮށްފއެއް ނުވެއެވެ. 

އެކަން ފާހަގަކުރައްވާ ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާ އެކުވެރި ދައުލަތެއްކަމަށްވާ ޕާކިސްތާނުގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު އަވަހާރާކޮށްލަން ދިން ޙަމަލާ ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާއިރު، ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ހަނު ތިބުމަކީ ދިވެހި ދައުލަތުގެ މަތިވެރިކަމަށް އުނިކަން ގެނުވާނެ ކަމެއްކަމަށެވެ. 

ޑރ ޝަހީމު ވަނީ އެފަދަ ހިތާމަވެރި ހާދިސާއެއް އަވައްޓެރި ޕާކިސްތާނުގައި ހިނގާފައިވާއިރު، ސަރުކާރުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން އެ ހަމަލާއާއި ގުޅިގެން އޭނާގެ ފުރާނައަށް ނުރައްކާ ވާވަރުގެ ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާއިރު މިހާރު ހާލުކޮޅު ރަނގަޅުކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.