ވާހަކަ
06 Nov 2022 | 09:25
ވާހަކަ: ޢަމްރު ބިން އަލް-ޢާސް ރޢ- މިސްރު ފަތަހަ ކުރެއްވި ފަހުލަވާން (2)

އިސްލާމްދީނުގެ ހިދުމަތުގައި

ދުވަސްތައް ފާއިތުވަމުންގޮސް މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިތާ 8 އަހަރުވެއްޖެއެވެ. އެހާ ދުވަސްވީއިރުވެސް މުސްލިމުންގެ ދުޝްމިނުން މަދީނާގެ ވަށައިގެން ދިރިއުޅެމުން ދިޔައެވެ. މިބައިމީހުން އައީ އެކި ދުވަސްވަރު މަތިން މަދީނާގެ ރަށްބޭރަށް ހަމަލާދީ، މުސްލިމުންގެ ވިޔަފާރި ޖަމަލުތަކެއް ފޭރި ގަނެ، ބައެއް މުސްލިމުން ޝަހީދުވެސް ކޮށްލާފައެވެ. 

މި ނުލަފާ މީހުންގެ ބައިގަނޑު ތިބި ތަނާއި އެމީހުން ހުއްޓުވުމަށް ކަންތައްތައް ކުރައްވާނެގޮތް އަމްރުގެފާނަށް އެނގިލައްވައެވެ. މުސްލިމުންނަށް އަނިޔާވެރިވި އެ ބައިމީހުންގެ ބައިގަނޑާއި ހަނަގުރާމަކޮށް އެމީހުން ބަލިކޮށްލުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމްރުގެފާނު ޚިޔާރުކުރެއްވިއެވެ. އެކަލޭގެފާނާއި މި ހަވާލުކުރެއްވުނު މަސައްކަތްޕުޅު ވަރަށްވެސް ކާމިޔާބުކަމާއިއެކު ނިންމަވައި ދުޝްމިނުން މުސްލިމުންނާއި ދެކޮޅަށް ރޭވަމުންދާ ރޭވުންތައް ނިންމުމަކަށް ގެންނެވިއެވެ. 

މައްކާ ފަތަޙަ ކުރެއްވުނު ހާދިސާގައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި އަމްރުގެފާނު ހުންނެވިއެވެ. އެއަށްފަހުގައި ހިނގައިދިޔަ ހުނައިން ހަނގުރާމައާއި ތަބޫކު ހަނގުރާމައިގައިވެސް އަމްރުގެފާނު ބައިވެރިވެ ވަޑައިގެން އިސްލާމްދީނުގެ ދިފާއުގައި ހަނގުރާމަކުރައްވައި މުސްލިމުންނަށް ކާމިޔާބީ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. 

އަމްރުގެފާނުގެ ކަންކަން ހިންގުމުގެ ހުނަރުތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ރަނގަޅަށް އެނގިލައްވައެވެ. އެހެންކަމުން އޮމާންގެ ގަވަރުނަރެއްގެ ގޮތުގައި އަމްރުގެފާނު އައްޔަންކުރެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވިކަމުގެ ހަބަރު ލިބިލައްވަންދެން އަމްރުގެފާނު ހުންނެވީ އޮމާނުގައެވެ. އެއަށްފަހު އެކަލޭގެފާނު އަނެއްކާވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވުމަކީ ޢަމްރުގެފާނާއި މުޅި އިސްލާމީ އްމަތަށްވެސް ލިބިގެން ދިޔަ ނުހަނު ހިތްދަތި ކަމަކަށް ވެގެން ދިޔައެވެ. މުސްލިމުންގެ ކަންކަން ބަލަހައްޓައި އިސްލާމްދީނުގެ ނޫރު މި ބިންމަތީގައި ފެތުރުމަށް މުސްލިމުން ޚަލީފާއަކަށް ބޭނުންވެއްޖެއެވެ. އެގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަކަށް އަބޫބަކުރުގެފާނު ޢައްޔަން ކުރެވިގެން ދިޔައެވެ. އަބޫބަކުރުގެފާނު ގެ ޚިލާފަތުގައިވެސް ހިނގައިދިޔަ މުހިންމު ހަނގުރާމަ ތަކުގައި އަމްރުގެފާނު އިސްވެ ބައިވެރިވެ ވަޑައިގެންނެވިއެވެ. ސީރިޔާ ފަތަހަ ކުރެއްވުމަށް ރޫމީންނާއި ދެކޮޅަށް ކުރެވިގެން ދިޔަ ޔަރުމޫކު ހަނގުރާމައިގައި އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތުގެ ދިދަ ހިއްޕަވުމުގެ ޝަރަފު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ގެ ދީން މި ބިންމަތީގައި ފެތުރުއްވުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދިޔައީ އެއްވެސް ވަރުބަލި ކަމެއްނެތިއެވެ. 

މިސްރު ފަތަހަ ކުރެއްވުން

މުސްލިމުންނާއި ދެކޮޅަށް ރޫމީންގެ 20,000 މީހުންގެ ލަޝްކަރެއް އެމީހުން އެއްކޮށްފިއެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަށް ތައްޔާރުވެއްޖެއެވެ. މިފަދައިން މިމީހުން ތިއްބައި، ރޭގަނޑުގެ އަދިރި ކަމުގެ ތެރޭގައި ޒުބައިރު ބިން އައްވާމް ރަޟިޔަﷲ ޢަންހާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞަހާބީންގެ މީސްކޮޅެއް އައިސް ރޫމީންގެ ކިއްލާގެ އުސް ފާރު މައްޗަށް އަރައި އެ ކިއްލާގެ ދޮރު މުސްލިމުންގެ ލަޝްކަރަށްޓަކައި ހުޅުވައިދެއްވިއެވެ. މިކަންވީ ރޫމީން ހައިރާން ކޮށްލިކަމަކަށެވެ. އަދި މީގެ ސަބަބުން ރޫމީން ބަލިކުރެވި އެ ބޮޑު މުސްލިމުންގެ ބާރުގެ ދަށަށް އައިސް އެސަރަހައްދުވެސް ފަތަހަ ކުރެވިގެން ހިނގައްޖެއެވެ. 

މިކަންތަކަށް ފަހު  މިސްރުގެ ގަވަރުނަރަށްވެސް މުސްލިމުންނާއި ސުލްހަވާން މަޖުބޫރުވެގެން ދިޔައެވެ. އަދި ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު މުސްލިމުންގެ ހިމާޔަތުގެ ދަށުގައި ޖިޒިޔަ ދީގެން މިސްރުގެ މީހުންނަށް އަމާންކަމާއި އޮމާންކަމާއި އެކު އުޅެވޭނެ ގޮތަށް ކަނޑައެޅިގެން ދިޔައެވެ. އެހެނެއްކަމަކު އިސްލާމްދީން ގަބޫލުކުޅަ މިސްރުގެ މީހުންނަށް ޖިޒިޔަދިނުން މަޢާފު ވެގެންދިޔައެވެ. 

ހަނގުރާމައިގެ ތެރެއިން މުސްލިމުންގެ ކޭމްޕެއްގައި އުޅުނު މިސްރުގެ ގަވަރުނަރުގެ ސަފީރު ބުނި ކަމަށްވެއެވެ.

"ދިރިހުރުމަށް ވުރެ ﷲގެ މަގުގައި ޝަހީދުވުމަށް ލޯބިކުރާ ބަޔަކު އަހުރެންނަށް ފެނުނެވެ. ބޮޑާކަމުގެ ބަދަލުގައި އެމީހުން ޚިޔާރު ކުރަނީ ހިތްތިރިކަމެވެ. އެމީހުންގެ ސާހިބުންނާއި އާދައިގެ މީހުންވެސް ބިންމަތީގައި އިށީނދެ ތިބެނީ އެކުއެކީގައެވެ. އެތަނުން މަތީ ފަންތީގެ ނީހަކީ ކާކުކަމެއް، ދަށު ފަންތީގެ މީހަކީ ކާކުކަމެއް ވަކިކުރާކަށް ނޭނގޭނެއެވެ. އަދި ބަންގި ގޮވުމާއިއެކު އެ އެންމެންވެސް އަވަސްވެގަންނަނީ ނަމާދު ކުރުމަށެވެ." 

މިސްރުގެ ގަވަރުކަމުގައި

ކުޑަ މުއްދަތެއްގެ ތެރޭގައި އަމްރުގެފާނު އިސްކޮށް ހުންނަވައިގެން މިސްރު ފަތަހަކުރައްވައިފިއެވެ. އަދި މިސްރުގެ އަލް-ފުސްތަޢަތު (މިހާރުގެ ކައިރޯ) އަކީ ވެރިކަންކުރާ މައި ރަށްކަމުގައި ކަނޑައެޅުނެވެ. އަދި މިސްރުގެ ގަވަރުނަރެއްގެ ގޮތުގައި އަމްރު ބިން އަލް ޢާސް ކަނޑައެޅިގެން ދިޔައެވެ. 

މިސްރުގެ އެންމެހާ ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފަށް ކަންތައްތައް ކުރެއްވުމަށް އަމްރުގެފާނު އިސްކަންދެއްވިއެވެ. އަދި އެމީހުންނާއި ދޭތެރޭގައި އެކަލޭގެފާނު ހިތަމުން އައީ ނުހަނު އޯގާތެރިކަމާއި އެކުގައެވެ. މީގެ ސަބަބުން މިސްރުގެ ގިނަ ރައްޔިތުންތަކެއް އިސްލާމްދީން ގަބޫލުކޮށް ރޫމީންނާއި ދެކޮޅަށް މުސްލިމުން ކުރަމުން ދިޔަ ހަނގުރާމަތަކުގައި  މުސްލިމުންނަށް އެހީތެރިވަމުންދިޔައެވެ. 

އަމްރުގެފާނުގެ ހުރިހާ މަސައްކަތެއްވެސް ބިނާވެފައިވަނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށެވެ. މިސްރުގެ އިނޖީނިއަރުންނާއި، އަތްތެރި މަސައްކަތް ކުރަމުން އައި މީހުންނާއި މިނޫންވެސް އެކި މަސައްކަތްތެރިންނަށް އެމީހުންގެ ހުނަރާއި މަސައްކަތް ކުރިއެރުއްވުމަށް އަމްރުގެފާނު އެހީވެވަޑައިގެންނެވިއެވެ. އެގޮތުން މިސްރުގެ މަގުތަކާއި، ދަނޑުތަކާއި، ވޯޓާ ކެނަލްސްތައް ތަރައްގީކުރެވިގެން ދިޔައެވެ. މިގޮތުން ރެޑް ސީއާއި ނީލަ ކޯރާއި ދެމެދުވެސް ބޯޓުތަކަށް މުދާ ހިފައިގެން ފަސޭހައިން ދަތުރުކުރެވޭނެ މަގު ތަނަވަސް ކުރުމަށް ކެނަލްއެއް ތަރައްގީކުރެވުނެވެ. އޭގެ ސަބަބުން އަރަބި ކަރައިގެ އެކި ސަރަހައްދުތަކަށް މުދާއުފުލުމުގައި ފަސޭހަތަކެއް ވެގެން ދިޔައެވެ. 

އަވާހާރަވެވަޑައިގަތުން

އަވާހާރަވެވަޑައިގަތުން އުމަރުގެފާނާއި އުޘްމާންގެފާނުގެ ޚިލާފަތުގައިވެސް މިސްރުގެ ގަވަރުނަރުކަމުގައި ހުންނެވީ އަމްރުގެފާނެވެ. އެގޮތުން ހިޖުރައިން 43 ވަނައަހަރާއި ޖެހެންދެންވެސް މިސްރުގެ މިސްރުގައި ހިނގަމުން ދިޔައީ އެކަލޭގެފަނުގެ ވެރިކަމެވެ. މިސްރުގައި އެކަލޭގެފާނު ބިންގާ އެޅުއްވި ވަރުގަދަ ވެރިކަން އަދުލު އިންސާފާއި، ހަމަހަމަކަމާއި، މިނިވަންކަމާއި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާ ވެފައިވާ ވެރިކަމެކެވެ.

އަމްރުގެފާނު އަވަހާރަވެވަޑައިގެންނެވުމުގެ އާލާސްކަންފުޅުގައި އޮންނަވަމުން އެއްދުވަހަކު ވަރަށް ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން އަބްދުﷲ އެކަލޭގެފާނު ކީރިތި ކުރައްވަނީ ކީއްވެތޯ ސުވާލުކުއްވިއެވެ. ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ. "އަހަރެން ކުރިންވީ ކާފިރެއްކަމުގައެވެ. އަދި އެގޮތުގައި އަހުރެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ދެކޮޅަށް ހަނގުރާމަ ކުރީމެވެ. އެގޮތުގައި ހުއްޓައި އަހުރެން މަރުވެގެން ދިޔަނަމަ އަހުރެންގެ އާޚިރު މަންޒިލަކަށް އަބަދުގެ އަބަދަށް ވެގެން ދިޔައީހީ ނަރަކައެވެ. އަހަރެން އިސްލާމްވުމަށްފަހު، އަހުރެންނަށް އިހުސާސް ވެގެންދިޔައީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މިދުނިޔެމަތީ ހުރި އެންމެ ލޮބުވެތި އެންމެ ގަދަރުވެރި މީހާކަމުގައެވެ. އެދުވަސްވަރު އަހުރެން ދުނިޔެ ދޫކުރި ކަމުގައި ވީނަމަ ސުވަރުގެ ލިބޭނެކަމަށް އަހުރެންނަށް އުންމީދު ކުރެވުނީހެވެ. އަހަރެންނަށް ބާރާއި އެހެނިހެން އެތައް ކަމެއް ލިބިގެން ދިޔައެވެ. އެކަންތައްތަކަކީ އަހަރެންނަށް ފައިދާކުރުވަނިވި ނުވަތަ ގެއްލުން ކުރުވަނިވި ކަމެއް ކަމެއް ކަނޑައެޅުމަށް އަހުރެން ވީ ނުކުޅެދިފައެވެ. ޔާ ﷲ ! އަހުރެންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރަނީ ހަމައެކަނި އިބަ ﷲގެ ހަޟުރަތުންނެވެ. އިބަ ﷲގެ ރަހުމަތް ފިޔަވައި އިތުރު އެއްވެސް އެއްޗަކުން އަހުރެންނަށް ހިޔާވަހިކަން ލިބުމެއް ނުވެއެވެ."

އޭގެ ދުވަސްކޮޅެއް ފަހުން އަމްރުގެފާނު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ މިސްރުގައެވެ.

ފަހުބަސް

އަމްރުގެފާނު ހަޔާތްޕުޅުން މުޅި އިސްލާމީ އުންމަތަށާއި އެންމެހާ ވެރިންނަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ދަސްކޮށްދެއެވެ. އެކަލޭގެފާނަކީ ޖެހިލުންކުޑަ، ވިސްނުންތޫނު، ބުއްދިވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ވެރިކަމުގެ ސިޔާސަތު ބިނާވެފައި ވީ އިސްލާމް ދީނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ މައްޗަށެވެ. އެ ވެރިކަމުގައި މީސްތަކުންގެ މެދުގައި ހަމަހަމަކަމާއި، އަދުލު އިންސާފު ގާއިމް ކުރެވިގެން ދިޔައެވެ. އިސްލާމްދީން ގަބޫލުކުރެއްވުމަށް ފަހު އެކަލޭގެފާނުގެ ބުއްދިއާއި ޢިލްމާއި ހިލްނު އަދި ހުނަރު އެކަލޭގެފާނު ބޭނުންކުރެއްވީ އިސްލާމްދީނަށް ނަސްރު ހޯދައި ދެއްވުމަށްޓަކައެވެ. އަހަރެމެންގެ ތެރެއިންވާ ވެރިންނާއި އާންމުންގެވެސް އުސޫލުތައް ހުންނަންވާނީ މިފަދައިން ނޫންތޯއެވެ؟ އަމިއްލަ އެދުމާއި ކުރިއެވުމަށްވުރެ ބޮޑަށް އެކަލޭގެފާނު އިސްކަންދެއްވީ އެންމެނަށް ފައިދާކުރުވަނިވި ގޮތްތަކެވެ. މަތް ﷲ އަމްރުގެފާނަށް ރަހުމަތްލައްވާށިއެވެ! އާމިން

(ނިމުނީ) 

އެޑިޓަރުގެ ނޯޓް
ނޯޓް: މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "ޢަމްރު ބިން ޢާސް ރަޟިޔަﷲ އަންހު – ދަ ކޮންކުއަރާ އޮފް އިޖީޕްޓު" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.