ޞަޙާބީންގެ ތެރެއިން
09 Dec 2022
ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ކޮށްލައި އިސްލާމްދީން މި ބިން މަތިން ފޮހެލުމަށް، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގުރައިޝުން ރާވަން ފަށައިފިއެވެ
05 Dec 2022
ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)
ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެން ދަރިންނަކީ ފަހުން އެމީހުންގެ ޢާއިލާތައް ރައްކާތެރިކޮށް، ޢާއިލާގެ ޤަދަރާއި ޢިއްޒަތް ނަގަހައްޓާނެބައެކެވެ.
13 Nov 2022
ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)
މައްކާގެ މުޝްރިކުންގެ އަނިޔާތަކާއި ހުރެ މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މި ހިޖުރަ ކުރެއްވިއިރު ބިލާލްގެފާނުވެސް މުސްލިމުންނާއިކު ވަޑައިގެންނެވިއެވެ. މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު އިސްލާމީ ދައުލަތުގެ ބިންގާ އަޅުއްވައި ދެއްވައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެއްޓެވިއެވެ. އެ މަސައްކަތްތުގައި އެކަލޭގެފާނަށާއި މުސްލިމުންނަށް އެހީވުމުގައި ބިލާލްގެފާނު ހުންނެވިއެވެ. އެގޮތުގެ މަތިން ޤުބާ މިސްކިތް ބިނާކުރެވިގެން ދިޔައެވެ.
11 Nov 2022
ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (1)
ޖާހިލިއްލަ ޒަމާނުގައި އަރަބިކަރައިގެ ގިނަ މުއްސަނދިންނަކީ މީހުން އަޅުވެތި ކުރުމާއި، އަޅުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. އެގޮތުން މައްކާގެ ގުރައިޝުންގެ ބޮޑުންގެތެރެއިން އުމައްޔާ ބިން ޚަލްފް އޭ ކިޔުނު ނުލަފާ މީހަކު އުޅުނެވެ. އޭނާގެ އެކިއެކި ބޭނުންތައް ފުއްދައި ދިނުމަށް އެކި އަޅުންތިބެއެވެ. އޭގެތެރެއިން އެއް އަޅަކީ ބިލާލް ބިން ރަބާހް ރަޟިޔަﷲ އަންހުއެވެ.
09 Nov 2022
ވާހަކަ: ޢަބްދުﷲ ބިން ޢުމަރު ރއ – ޢަދުލުވެރިޔާ (2)
07 Nov 2022
ވާހަކަ: ޢަބްދުﷲ ބިން ޢުމަރު ރއ – ޢަދުލުވެރިޔާ (1)
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓެވި ދުވަހުން ފެށިގެން, މަދީނާއަށް ހިޖުރަ ކުރައްވައި އިސްލާމީ ދައުލަތުގެ ބިންގާ އަޅުއްވައި، އިސްލާމްދީން މި ބިންމަތީގައި ފެތުރިގެން ދިޔަގޮތް އެންމެ ގާތުން ފެނިވަޑައިގެންނެވި ޞަހާބީންގެ ތެރޭގައި އެކަލޭގެފާނު ހިމެނި ވަޑައިގަންނަވައެވެ. ތުއްޕުޅު އިރުން ފެށިގެން އިސްލާމްދީނުގެ ހިދާޔަތު ލިބި، އެ ހީދާޔަތުގެ މަތީގައި، ބޮޑުފުޅުވުމުގެ ސަބަބުން އީމާންތެރިކަން ނުހަނު ވަރުގަދަ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނުގެ ފާހަގަކޮށްލެވެއެވެ. އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލް- ޚައްޠާބު ރަޟިޔަﷲ އަންހުގެ ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެވެ.
06 Nov 2022
ޢަމްރު ބިން އަލް-ޢާސް ރޢ- މިސްރު ފަތަހަ ކުރެއްވި ފަހުލަވާން (2)
ދުވަސްތައް ފާއިތުވަމުންގޮސް މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިތާ 8 އަހަރުވެއްޖެއެވެ. އެހާ ދުވަސްވީއިރުވެސް މުސްލިމުންގެ ދުޝްމިނުން މަދީނާގެ ވަށައިގެން ދިރިއުޅެމުން ދިޔައެވެ. މިބައިމީހުން އައީ އެކި ދުވަސްވަރު މަތިން މަދީނާގެ ރަށްބޭރަށް ހަމަލާދީ، މުސްލިމުންގެ ވިޔަފާރި ޖަމަލުތަކެއް ފޭރި ގަނެ، ބައެއް މުސްލިމުން ޝަހީދުވެސް ކޮށްލާފައެވެ.
02 Nov 2022
ޢަމްރު ބިން އަލް-ޢާސް ރޢ- މިސްރު ފަތަހަ ކުރެއްވި ފަހުލަވާން (1)
އިސްލާމްދީން އައުމުގެ ކުރިން މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި އުޅުނުޒަމާގައި މައްކާއާއި މުޅި އަރަބި ކަރައިގެ މުޖުތަމަޢު ވަނީ އެކި ގަބީލާތަކާއި އެކި އެކި ފަންތިއަށް ބެހިފައެވެ. އެތަނުގައި މުއްސަނދި ހައިބަތު ހުރި މީހުންނަކީ ގަދަރުވެރިންނެވެ. މީސްތަކުންގެ މެދުގައި އެމީހުންގެ ބަސް ވިކޭނެއެވެ. މިއާއި ޚިލާފަށް ދެން ތިބޭ ފަގީރުންނާއި ނިކަމެތި އަޅުންނަކީ އިންސާނުންކަމަށް ވެސް ދެކޭ މީހަކު މަދެވެ.