އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު--ފޮޓޯ/މަޖިލިސް
ހަބަރު
07 Nov 2022 | 10:32
އައްޑޫގައި ހިނގާ މަޝްރޫއުތައް ފެނި ރައީސް ޔާމިންވެސް ހުރީ ވާނެ ވައުދަކާއި މެދު ވިސްނަން: ނިހާދު

އައްޑޫ ސިޓިގައި މިސަރުކާރުން ހިންގާ މަޝްރޫޢުތައް ގިނަކަމުން، އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ އައްޑޫޢަށް ވާނެ ވަޢުދަކާއިމެދު ވިސްނަވަން ކަމަށް އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫ އަށް އިއްޔެ ވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް ފާޑުވިދާޅުވެ ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫއަށް ދިޔަ ޕީޕީއެމް/ޕީއެންސީގެ ޓީމްގެ މެންބަރުންގެ ދުލުން އަބަދުވެސް އިވެމުންދިޔައީ "ހާދަ ކަމެއް އެބަކުރޭ" ކަމަށެވެ. އެގޮތުން، މުޅި އައްޑޫ ސިޓީ އޮތީ މަގު ހަދަން ކޮނެފައި ކަމަށާ، އިންޖީނުގޭ އައު އޮފީހާއި ސްކޫލާއި މިސްކިތް އަޅަމުން އަންނަކަމުގެ ވާހަކަ އިދިކޮޅު ޓީމުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ލިސްޓް ދިގޭ! ޔާމީން ޢަބްދުލްޤައްޔޫމްވެސް ހުރީ ކޮސްވެ ބަސް ހުއްޓިފަ، ދެން ވާނެ ވައުދަކާއި މެދުވެސް ވިސްނަން." ނިހާދު ވިދާޅުވިއެވެ.

މިސަރުކާރުން އައްޑޫ ސިޓީގައި މަޝްރޫއުތައް ހިންގައި މަގުހަދާ ވާހަކަ ނިހާދު ދައްކަވާފައިވާއިރު, އައްޑޫގެ މަގުތައް ހެދުމަށް ހަވާލު ކުރެވިފައިވާ އެފްކޮންސް އިން އެ މަގުތައް ހަދާ ފެންވަރު ދަށްވެގެން އެ ސިޓީގެ ރައްޔިތުންނާއި، ނިހާދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަދި ރައީސް ޔާމީން އައްޑޫ އަށްވާނެ ވައުދަކާއި މެދު ވިސްނަވަން ހުންނަން ޖެހުނު ކަމަށް ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ ތިން އަހަރު ތެރޭ އައްޑޫ ސިޓީގައި އެކަނިވެސް 5000 ވަޒީފާ އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެއީ މިވަގުތު ޒުވާނުންގެ ކުރިއެރުމަށް އެންމެ މުހިންމު ކަންތައް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ވ
ތިބާއންނަނީ ޔާމީންގެ ހިތާސިކުޑިއަށްއަރާތަ މޑޕ އަށްވުރެ ވިސްނުންރަގަޅުވެގެން އެވިސްނުންތިބާގެ ހިތަށާސިކުޑިއަށްނެގޭތޯ ެ
07 Nov 2022
އެހެންދޯ
ހަމަ ހިނި އަންނަނީ
07 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.