ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ހަބަރު
07 Nov 2022 | 12:37
ސަރުކާރުގެ އިސްލާހުން މަސްދަރު ހާމަކުރުން ލާޒިމުކުރުމުގެ މަގުސަދު ގެއްލޭ: އިމްތިޔާޒް

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން، ނޫސްވެރިން މަސްދަރު ހާމަކުރުން ލާޒިމުކުރުމަށް ސަރުކާރުން ހެއްކާ ބެހޭ ޤާނޫނުގައި މާއްދާއެއް ހިމެނުމުގެ މަޤުޞަދު ގެއްލޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަސްދަރު ހާމަކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އަމުރަކަށް އެދެވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއްގެ ކުށުގެ ދައުވާ މީހަކަށް އުފުލާ ހާލަތުގަ އެވެ.

މި އިސްލާހާއި ގުޅިގެން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނު ހަދަން ސަރުކާރުން ފުރަތަމަ ބިލު ހުށަހެޅީ ނޫހެއްގައި ރިޕޯޓްކުރާ ޓެރަޒިޒަމްގެ މައްސަލައެއް ވަގުތުން ބެލުމަށް ޓަކައި ދައުލަތުން އެކަމުގެ ތެރެއަށް ވަގުތުން ވަނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކަމަށެެވެ. އެހެންނަމަވެސް، މިހާރުގެ އިސްލާހުން އެކަން އެގޮތަށް ކުރެވެން ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"ޓެރަރިޒަމްގެ މައްސަލައެއް ވެއްޖެއްޔާ ވަގުތުން ތަހުގީގެއް ހިންގެން ޖެހޭނެ ކަމަށް ބަލާފައި މަސްދަރު ހާމަކުރުމަށް ބޭނުންވެގެން ހުށަހެޅި ބިލެއް. މިވަގުތުގައި އަނެއްކާ ދެވަނަ ފަހަރަށް އެއަށް މި ހުށަހެޅި އިސްލާހުގައިވާ ގޮތުން ، ހަމަ އެކަނި މިކަން ކުރެވެން މިއޮތީ ކުށެއްގެ ދައުވާއަކާ ގުޅިގެން ހިނގާ ޝަރީއަތެއްގައި،"

އިމްތިޔާޒް ފަހުމީ 

މިއާއެކު އިމްތިޔާޒް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލު އޮތް ގޮތުން، ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ތަހުގީގުކުރެވޭނެ ގޮތެއް ނެތް ކަމަށާ، "އެހެންވީމާ އެެއްކަލަ ހަގީގީ މަގުސަދު ގެއްލިއްޖެ ކަަމަށް" ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުން އެ ޤާނޫނު ތަސްދީގުކޮށް އެ ޤާނޫނު ވަރަށް ބޮޑަށް ދިފާއުކުރުމަށްފަހު މިހާރު އަނެއްކާ ކުއްލި ގޮތަކަށް އެފަދަ އިސްލާހެއް ހުށަހެޅުއްވުމުން ސަރުކާރުގެ ސްޓޭންޑު ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.