މަވޯޓާ ޝަރީފްގެ އާއިލާމެންބަރަކު ފޯމްތައް ރައީސް ޔާމީނާއި ހަވާލު ކުރަނީ
08 Nov 2022 | 09:48
މަރަދޫ ދާއިރާގެ މެންބަރު، ޝަރީފުގެ މަންމަ އާއި އާއިލާ 6 މީހެއް ޕީޕީއެމަށް!

އައްޑޫސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގެ މަންމަ އާއި އެ އާއިލާއަށް ނިސްބަތްވާ އިތުރު 6 މީހަކު ޕީޕީއެމަށް ސޮއިކޮށްފިއެވެ. 

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ މަރަދޫ-ފޭދޫއާއި މަރަދޫއަށް އަދި ހިތަދޫއަށް ވަޑައިގެންފައިވާއިރު، އެ ހުރިހާ ރަށަކުންވެސް ޕީޕީއެމާއި ގުޅުމު ފަރާތްތަކުގެ ފޯމާއި އެމަނިކުފާނު ވަނީ ހަވާލުވެވަޑައިގެންފައެވެ. 

އެގޮތުން މަރަދޫއިން ޕީޕީއެމާއި ގުޅުނު މީހުންގެ ތެރެއިން މަވޯޓާ ޝަރީފްގެ އާއިލާއަށް ނިސްބަތްވާ 7 މީހުން ހިމެނޭ ކަމަށާ، އޭގެ ތެރޭގައި އޭނާގެ މަންމަވެސް ހިމެނޭ ކަމަށް ޕީޕީއެމުން މައުލޫތު ދެއެވެ. 

މަވޯޓާ ޝަރީފްގެ މަންމަ އާއި އާއިލާ މެންބަރުން ޕީޕީއެމްއަށް ސޮއި ކުރި ނަމަވެސް މަވޯޓާ ޝަރީފަކީ ވެރިކަންކުރާ އެމްޑީޕީގެ މެންބަރެކެވެ. އަދި އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގަޔާއި މީސް މީޑިއާ ގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދިފާއުގައި އެންމެ ވަރުގަދައަށް ވާހަކަދައްކަވާ އެއް މެންބަރެވެ.

އާދީއްތަ ދުވަހު، ރައީސް ޔާމީން އައްޑޫސިޓީ އަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައިވާއިރު، މިދަތުރު ފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.