މާންދޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ
ހަބަރު
12 Nov 2022 | 10:51
ބޭނި މަސްކޮޅަށް ފައިސާ ނުލިބޭތީ މާންދޫގައި މަސްވެރިން މުޒާހަރާ ކުރަނީ!

މަސް ކިރުމަށްފަހު ފައިސާ ނުދީ ގިނަ ދުވަސްވަމުންދާތީ ހުރި ކަންބޮޑުވުންތަކާއެކު މާންދޫގައި މަސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ. 

މި އިހުތިޖާޖުގައި ލ އަތޮޅާއި ތ އަތޮޅުގެ މަސްވެރިންގެ އިތުރުން ބ އަތޮޅުގެ ބަސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. 

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ ސަރުކާރު ކޯލިޝަން ޕާޓުނަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ ހޮރައިޒަން ފިޝަރީސް ކުންފުންޏާއި ހަވާލުކޮށްގެން ހިނގާ ތަނެކެވެ. 

ހޮރައިޒަނުން އެތަން ހިންގަން ފެށިފަހުން މަސްވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަމަށް "ވޮއިސް" އަށް މައުލޫމާތު ދިން މަސްވެރިއަކު ވަނީ ބުނެފައެވެ. 

"މީގެ ކުރިން ޗައިނާ ކުންފުންޏަކުން އެތަން ހިންގީ. އޭރު 3 ދުވަސް ތެރޭ ބިލަށް ފައިސާ ޖަމާވެ. މިހާރު ބުނަނީ ބިލަށް ފައިސާ ޖަމާވާނީ 21 ދުވަސް ފަހުންކަމަށް. އެކަމަކު 21 ދުވަސް ފަހުން ބަލާއިރުވެސް ފައިސާ ޖަމާވެފައެއް ނުހުރޭ. ދެން ކިހެނެއް އަހަރުމެން އައިސް ގަންނަނީ، ތެޔޮ ގަންނަނީ. ގާސިމް ބުނާނެ އެތަން ހިންގޭވަރަށް ފައިސާ ނެތޯއޭ، އަހަރެން އަހަން ބޭނުން ގާނޫނަކުން ލާޒިމްކޮށްފަތޯ އޮންނަނީ އޭނާގެ މައްޗަށް ފައިދާ ނުވާ ވިޔަފާރިއެއް ހިންގަން؟" 

އިހުތިޖާޖުގައި ބައިވެރިވި ތ އަތޮޅުގެ މަސްވެރިއެއް 

އިތުރު މީހަކު ކިޔައިދިން ގޮތުގައި މާންދޫއިން ވަނީ މަސްވެރިންނަށް އައިސް ވިއްކުންވެސް ލިމިޓުކޮށްފައެވެ. އަދި އެތަނުން އެކަށީގެންވާ ވަރަށް ތެޔޮ ލިބެންވެސް ނުހުންނަކަން އެ ފަރާތުން ފާހަގަކޮށްފައެވެ. 

މާންދޫގައި މަސްވެރިން އިހުތިޖާޖުކުރަން ފަށާފައިވާއިރު، ތިން އަތޮޅުގެ 14 މަސް ދޯނި މާންދޫގައި ފަޅުގައި އޮތްކަން ފާހަގަކޮށްލެވެއެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިން ވަނީ މާންދޫއަށް އަރާ ބަނދަރު ސަރަހައްދުގައި އަޑުއުފުލާފައެވެ. 

މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދާ، މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ދެއްކޭވެ މެނޭޖުމަންޓަކާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހަވާލުކުރުމަށްވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.