ވިޔަފާރި
08 Nov 2022 | 19:38
ވޯލްޑް ކަޕް ސެމީ ފައިނަލް މެޗަށް ގަތަރަށްދެވޭ ނަސީބުވެރިން އުރީދޫއިން އިއުލާނުކޮށްފި!

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒްގެ ހަތަރު ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނީ މި ހަތަރު ނަސޭބުވެރިންނަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ފުޓްބޯޅަ ފޯރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު 1 އޮގަސްޓް 2022 އިން ފެށިގެން 31 އޮކްޓޯބަރ 2022 ގެ ނިޔަލަށް އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް އެ ކުންފުނިން ހުޅުވާލިއެވެ. 

އަދި އެ ލަކީޑްރޯގެ ނަސީބުވެރިން ހޮވައި ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯ ގައި ލައިވްކޮށް އިއުލާނުކޮށްފައިވަނީ 7 ނޮވެމްބަރ 2022 ވީ ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައި މާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ނަސީބުވެރި ހަތަރު ނަސީބުވެރިން:

1) މަރިޔަމް ޝަބްނަމް

2) އަހުމަދު ޝިހާމް 

3) ހާފިޒް ސައީދު

4) ސޮމަރަތްނަ ޔޮޑަގެ

"މި އަހަރުގެ ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗު ގެ ފޯރި ލައިވްކޮށް ގަތަރުގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނު 4 ނަސީބުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާ ކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުމަށް. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ޙަރަކާތްތައް ރާވާމުން. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރާއިގެ މީހުންނަށް ވެސް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕަކަށް އުއްމީދުކުރަން" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަތަރު ނަސީބުވެރިންނަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަނާއި ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބެލުމަށް ސްޓޭޑިއަމް ޓިކެޓް ލިބޭނެ އެވެ. ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ ހިތްގައިމު އިނާމުތައް ދެމުންނެވެ.

މި ލަކީޑްރޯ ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި އަދި މަޖާ ވޯލްޑް ކަޕް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި 23 މެއި 2022 ގައި ރަސްމީކޮށް ފެށި އުރީދޫ މޯލްޑިވްސްގެ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނަކުން ވެސް މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް ވެސް މީޑިއާނެޓާއެކު ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.