ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހަބަރު
09 Nov 2022 | 09:12
ފޯޅަވަހީގެ މައްސަލާގައި ޝާހިދު ކުށްވެރި ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރު!

ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ކަނޑައެޅުމަށް ލިބުނު އެންމެ ފަހު ފުރުޞަތު ގެއްލުވާލީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންކަމަށް ވިދާޅުވެ އެ މައްސަލާގައި ކުށްވެރި ވަނީ އެ ސަރުކާރުކަން ސާބިތު ކުރައްވަނ ފޮރިން މިނިސްޓަރު ޝާހިދު މަސައްކަތް ކުރައްވައިފިއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ރަށްތަކެއްކަމަށް ކަނޑައަޅަފައި ނުވާކަމަށެވެ.

އެގޮތުން 1932ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލެވުނު ތާރީޚުން ފެށިގެން މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނު އަސާސީއާއި ދެމެދު އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއްކަން އެއްވެސް ވަރަކަށް ބަޔާންކޮށްފައި ނުވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ، 2017 މޮރީޝަސް ސަރުކާރުން، ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށާއި، އެތަނުގައި ތިބި މީހުން ގަދަބާރުން ބާލުވާފައިވާކަމަށާ، ވުމާއެކު އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރީޝަސްއާއި ހަވާލުކުރުމަށް އެދި އދއަށް ޤަރާރެއް ހުށައެޅިކަމަށެވެ. 

މޮރިޝަސް ގެ އެ ގަރާރަށް ރާއްޖެއިން ވޯޓު ދިނީ ދެކޮޅަށްކަމަށާއި، އެ ވޯޓު އދ.ގައި ފާސްވިއިރު، ރާއްޖެއާއި ދެކޮޅަށްފާސްވީ 95 ޤައުމުން ތާޢީުދކޮށް 15 ޤައުމުން ދެކޮޅު ހަދައިގެންނެވެ. އަދި 65 ޤައުމަކަށުން ވަކި ކޮޅަކަށް ވޯޓު ދީފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ޝާހިދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފްކުރުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅުމުގެ ފުރުޞަތު އޭރުގެ ސަރުކާރަށް ލިބުނުކަަމަށާ، އެހެންނަމަވެސް އެކަން ނުކުރައްވައި އެ ސަރުކާރުން ހަނު ހުންނެވީކަމަށެވެ. އެހެންކަމުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުޞަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިތުގެ އަޑިން ދައްކާ ވާހަކާގައި އިޚްލާސްތެރިކަމެއް އޮތްނަމަ އިންޓަރނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ. ނަމަވެސް އެ އެއްވެސްކަމެއް ނުކުރައްވާ. އޭރުވެސް މިއީ ރާއްޖޭގެ ތަނެއްކަމަށް ޤަބޫލެއްނުކުރައްވާ. އޭރު އެ ފުރުޞަތު އެ ގެއްލުނީ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މިހާރު ބައެއް ފަރާތްތަކުން ޗާގޮސް އަކީ ރާއްޖެއިން ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ބިނާވެފައިވަނީ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީއެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ހަސަން ރަސްގެފާނު އެ ސިޓީ ލިޔުއްވީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ޖެއްސުމަށް މަސައްކަތް ކުރައްވަމުންކަމަށާއި އެހެންކަމުން އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.