އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް: ފޮޓޯ/ވޮއިސް
ހަބަރު
09 Nov 2022 | 15:27
ފައްޔާޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް 15 އަހަރު ތެރޭގައި އުވިގެން ދާނެއޭ: ރައީސް ޔާމީން

މަސްވެރިކަމުގެ ސިނާއަތް ފަނަރަ އަހަރު ދުވަހުގެ ތެރޭގައި އުވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން އައްޑު އަތޮޅަށް ކުރެއްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫއަށް ވަޑައިގެން އެރަށު ޒުވާނުންނާއި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅު އެއް ރަށް ކަމަށްވާ އިހަވަންދޫގެ ކައުންސިލުން މަސްވެރިކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް މިނިސްޓަރު ފައްޔާޒުގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ. 

ފައްޔާޒު އަރިހަށް މި ދިޔައީ މަސްވެރިންތަކެއް. މިދަނީ އިހަވަންދޫ ކައުންސިލުން. އިހަވަންދޫ އަކީ އެންމެ މަސްވެރި އެއް ރަށް ދޯ ރާއްޖޭގައި އޮތް. ފައްޔާޒު ވިދާޅުވީ ތިމަންނަމެން ގަބޫލު ކުރަނީ މަސްވެރިކަމުގެ ސިނާއަތް 15 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން އުވޭނެއޭ. މިތާކު ނެތޭ ފިއުޗާއެއް މަސްވެރިކަމުގެ އެއް. 15 އިޔާސް ތެރޭގައި ދިސް އިޒް އަ ޑައިން ބިޒްނަސްއޭ. ދިސް އިޒް އަ ޑެޑް ބިޒްއޭ، 15 އިޔާސް ތެރޭގައި މި ސިނާއަތު އުވިގެންދާނެ އޭ. 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު ރައީސް ޔާމީން ވަނީ، މަސްވެރިކަމާއި މެދު އެފަދަ ދަށު ދަރަޖައިގައި ވިސްނާ ބަޔަކު މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރައްވަނީ ކީއްކުރަންތޯ ސުވާލު ކުރައްވާފައެވެ. 

ވުމާއެކު އެ ވާހަކައަށް އެކަނި ވިސްނާލުނަށްފަހު، މަސްވެރިކަމާއި ގުޅިގެން ރައީސް ޔާމީން ދައްކަވާ ވާހަކައާއި އެވާހަކައާއި އަޅައި ކިރާލުމުންވެސް މަސްވެރިންނަށް ހެޔޮގޮތް އެދޭ ފަރާތް އެނގޭނެކަމަށް ޔާމީން ވިދާޅުވިއެވެ. އެހެނީ، އެއް ކޮޅުން 15 އަހަރުތެރޭގައި މަސްވެރިކަން ނެތި، މަހުގެ ޕްރޮޑަކްޓްތައް ނުވިކޭނެ ކަމަށް ބުނާއިރު، އެމަނިކުފާނު ވިދާޅުވަނީ، އަދިވެސް ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ މަސްވެރިކަން ކަމަށް ޔާމީން ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައެވެ. އެގޮތުން، ބާނާ މަސް ކިރޭނެ ގޮތް ހަމަޖައްސައި، މަހަށް ހަމަ އަގު ހޯދައިދީ، ގޭދޮށު މަސްފެކްޓަރީ އެޅުން ހިމެނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ވައުދެއް މިހާތަނަށް ވެސް ނުފުއްދޭ ކަމަށް ބުނެ މަސްވެރިން އަންނަނީ ޝަކުވާކުރަމުންނެވެ. 

ކޮމެންޓް
ޚޯގީ
ހަގީގަތް ވާނީ ހަގީގަތަށް. ސައިންސްވެރިންވެސް ބުނޭ
10 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.