ހުއްދަ ނުނަގައި ހިންގި ގަރާޖު---ފޮޓޯ: ވޮއިސް
ހަބަރު
10 Nov 2022 | 17:53
ހާދިސާ ހިނގި ގަރާޖު: އެ ގަރާޖަކީ ހުއްދަ ނުނަގާ ހިންގާ ތަނެއް

ރޭ ދަންވަރު މ. ނިރުފެހިގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައިވާ ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއްކަން ހާމަވެއްޖެއެވެ.

"ވޮއިސް" އަށް ލިބިފައިވާ ކަށަވަރު މައުލޫމާތުތަކަށް ބަލާއިރު، މ. ނިރުފެހި ގޭގެ ތިރީގައި ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕެއް ހެދުމަށް އެ ގަރާޖުން މާލެ ސިޓީ ކައުންސިލްގައި އެދިފައިވެއެވެ. އެގޮތުން 9 ފެބްރުއަރީ 2021 ވަނަ ދުވަހު ގަރާޖު ހިންގުމުގެ ހުއްދައަށް އެދި މާލެ ސިޓީކައުންސިލަށް ހުއްދަ ހޯދުމަށް ފޯމުލާފައިވެއެވެ.

މާލެ ސިޓީގައި ހިންގާ ގަރާޖު، ވޯކްޝޮޕް ގުދަނުގެ ހުއްދަ ދެމުން ގެންދާ ސިޓީކައުންސިލުން މ. ނިރުފެހިގައި ގަރާޖު ހެދުމުގެ ހުއްދަ ނުދެވޭނެކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވެއެވެ.

އެގޮތުން އިޤްތިސާދީ މަސައްކަތްކުރާ ތަންތަން ހެދުމަށް ހުއްދަދިނުމާއި ހިންގުމުގެ ޤަވާއިދުގެ 1.1.1 ގައި މާލެ ގެ ދިރިއުޅުމަށް ދޫކުރުމަށް ދޫކުރެވޭ ގޯއްޗާއި، އެފަދަ ސަރަހައްދުތަކުގައި ވަޑާންގެ، ވޯކްސޮޕް އަދި ވެހިކަލް މަރާމާތުކުރާ ތަންތަން ހެދުމުގެ ހުއްދަ ދެވެން ނެތްވާހަކަ ސިޓީކައުންސިލްއިން ވަނީ އެފަރާތައް 10 ފެބްރުއަރީ 2021 ގައި އަންގާފައެވެ.

ގަރާޖު ހިންގާތާ ދެއަހަރުވެފައިވާނެކަމަށް ގަރާޖުގެ ވެރިޔާ މައުލޫމާތު ދީފައިވާއިރު، ސިޓީ ކައުންސިލްގެ ހުއްދަނެތި މިފަދަ ތަންތަން ރެޖިސްޓްރީ ނުކުރެވޭނެއެވެ. 

މާލެ ސިޓީގެ ގަރާޖުތައް މީހުން ދިރިނޫޅޭ ސަރަހައްދައް ބަދަލުކުރުމަށް ކުރީ ސަރުކާރުން މާލެ އިންޑަސްޓްރިއަލް ސަރަަހައްދު ހިއްކައި، އެމަކާއި ގުޅޭ އެއްބަސްވުންތަކާއި، ކުރެހުންތައް ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެކަން ވަނީ މި ސަރުކާރުން ކެންސަލްކޮށް އެ ސަރަހައްދުގެ ޕްލޭން ބަދަލުކުރަން ނިންމާފައެވެ. 

މިކަމާއި ގުޅިގެން މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު ވިދާޅުވީ ންޑަސްޓްރިއަލް ވިލެޖު ކައުންސިލުގެ ދަށުން ފޭރިގަތީ މި ސަރުކާރުންކަމަށާއި، މާލެ ސިޓީގެ ކަމިކަލް ގުދަނެއް ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގިތާ މާދުވަހެއް ނުވޭ.ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖު ފޭރި ނުގަތް ނަމަ ގުދަންތަކާއި ކެމިކަލް ގަރާޖުތައް އެތަނަށް މާލެ ސިޓީ ކައުންސިލުން ބަދަލުކުރާނެކަމަށެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި މިހާތަނައް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. މިހާތަނަށް 10 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން އިންޑިއާ މީހުން ހިމެނޭނެ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން ކަށަވަރުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.