މާއުނގޫދޫގައި ކުރިއަށް ދިޔަ "ޢަލީ ރަމީޒާއެކު" އިވެންޓްގެ ތެރެއިން-- ފޮޓޯ: ޖަމިއްޔަތުއްސަލަފް
ހަބަރު
11 Nov 2022 | 12:46
ﷲ ގެ ރުއްސެވުންނެތް އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެ: ޢަލީ ރަމީޒު

ﷲ ގެ ރުއްސެވުން އެކަމެއްގައި ނެތް އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށާއި، އެކަމުން ހިތްހަމަޖެހުން ލިބޭ ކަމަށް ހީވި ނަމަވެސް އެއީ ހަގީގީ ހިތްހަމަޖެހުމެއް ނޫން ކަމަށް ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ. 

ޢަލީ ރަމީޒު މިފަދައިން ވިދާޅުވީ، ށ. މާއުނގޫދޫގައި ބޭއްވި ޢަލީ ރަމީޒާއެކު އިވެންޓްގައި ވާހަކަދައްކަވަމުންނެވެ. މި އިވެންޓްގައި ޢަލީ ރަމީޒުގެ ހަޔާތާއި ގުޅޭ ގިނަ ވާހަކަތަކެއް އޭނާ ކިޔައިދީފައިވާއިރު، އިވެންޓަށް ހާޒިރުވެ ތިބި މީހުންގެ ސުވާލުތަކަށްވެސް އޭނާ ވަނީ ޖަވާބުދެއްވާފައެވެ. 

އެގޮތުން، ލަވައާއި މިއުޒިކާއި ގުޅިގެން ކުރިމަތިވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޢަލީ ރަމީޒު ވިދާޅުވީ، ﷲ ގެ ރުއްސެވުން ނެތް ކޮންމެ ކަމަކުން ލިބޭނީ ހިތްދަތި ކަމާއި މާޔޫސް ކަންކަމަށާއި، މިއުޒިކް އަޑު އަހައިގެން ހިތްހަމަޖެހުން ލިބޭ ކަމަށް ހީވި ނަމަވެސް އެއީ ހަގީގީ ހިތްހަމަޖެހުން ނޫން ކަމަށެވެ. އަދި ހަގީގީ ހިތްހަމަޖެހުން ލިބޭނެ ގޮތް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ އެ އާޔަތް އެހުންތެރިންނަށް އިއްވާފައެވެ. 

މާއުނގޫދޫ ގިނަ ރައްޔިތުން ހާޒިރުވި އެ އިވެންޓްގައި ޢަލީ ރަމީޒުވަނީ އޭނާގެ ހަޔާތުގައި ދިމާވި އެތައް ހިތްދަތި ކަންތައްތަކެއް ކިޔައިދީފައެވެ. އޭގެ އިތުރުން މިއުޒިކް ގެ ހަޔާތުގައި ކުރިމަތިވި ގިނަ ހާދިސާތަކެއްވެސް މި އިވެންޓް ގެ ތެރެއިން އަލީ ރަމީޒު ވަނީ ހިއްސާ ކުރައްވާފައެވެ. އެވާހަކަތަކުން ޒުވާނުންނަށް މުހިންމު މެސެޖުތަކެއް ފޯރުކޮށްދެއްވާފައިވެއެވެ. 

މާއުނގޫދޫގައި ކުރިއަށް ދިޔަ "ޢަލީ ރަމީޒާއެކު" އިވެންޓްގެ ތެރެއިން-- ފޮޓޯ: ޖަމިއްޔަތުއްސަލަފް

ލަވައިގެ ދުނިޔޭގެ ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވަނިކޮށް އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ އެވެ. އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އަލީގެ ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ ދައުވަތުގެ މައިދާނުގައެވެ. އިލްމުވެރިންނާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. "އަލީ ރަމީޒާއެކު" ސިލްސިލާ ޕްރަގްރާމްތަކަކީ އޭނާއަށް ހިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ކުރީން އޮތް ބޮޑު މަޝްހޫރު ކަމުގައި ދިރިއުޅުން ހޭދަކުރި ގޮތް އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރަގްރާމްތަކެކެވެ. އެ ޕްރަގްރާމްތަކުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ރަނގަޅު ކުރުމަށް ފުރުސަތު ފަހިވެގެން ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.