ހަބަރު
11 Nov 2022 | 13:24
މައިންބަފައިންނާއި މުދައްރިސުންގެ އަޚްލާޤު ނުބައި ނަމަ އޭގެ އަސަރު ކުދިންނަށް ކުރޭ: ޚުތުބާ

މައިންބަފައިންނާއި މުދައްރިސުން އަޚްލާޤު ނުބައި ބަޔަކަށް ވެއްޖެނަމަ ދަރިންގެ ތަރުބިއްޔަތަށް އޭގެ ނުރަނގަޅު އަސަރުކުރާނެކަމަށް މިއަދުގެ ހުކުރުޚުތުބާ ގައި ބުނެފިއެވެ.

"އީމާންކަން ހަރުދަނާކުރުން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ، އަހުރެމެންގެ ހުރިހާ ކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. 

އެހެންކަމުން އަހަރަމެންގެ ގެއާއި ސުކޫލު މަދަރުސާތަކުގެ ވެށްޓަކީ ވެސް ދަރިވަރުންގެ އީމާންކަމާއި، އަޤީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާންޖެހޭ ކަމަށާ، އެއީ ކުދިންގެ ތައުލީމާއި ތަރުބިއްޔަތުގައި، ގެއާއި މަދަރުސާގެ ޙިއްސާގެ ބޮޑުކަމުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ދަރިން ނަމޫނާއަކަށް ބަލާނީ، މައިންބަފައިންނާއި މުދައްރިސުންނެވެ. އެމީހުންގެ އަމަލުތައް އީމާންކަމުން ޒީނަތްތެރި ނުވާނަމަ، ނުވަތަ އެއީ، އަޚުލާގު ނުބައި ބަޔަކަށް ވެއްޖެނަމަ، ދަރިންގެތަރުބިޔަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ކުޑަކުދިންނާއި ޒުވާނުންގެ އީމާންތެރިކަން ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި އިތުރަށް ބުނީ، ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެ މަންހަޖު ތަންފީޒު ކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމެވެ.

އެހެނީ އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަން ވަނީ މާތްﷲއަށް ފުރިހަމަ މާނާގައި އީމާންވުމުގައި ކަމަށާ، އީމާންކަމަކީ އިސްލާމްދީނުގެ މަތިވެރި އަސާސް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދުނިޔެވީ ހުރިހާ އުފަލާއި އަރާމާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.