ހިތަދޫ ގެއެއްގެ ބޭރުގައި އިންޑިއާ އައުޓް ލިޔެފައި
ހަބަރު
11 Nov 2022 | 19:42
ހިތަދޫ ފާރުތަކުގައި އިންޑިއާ އައުޓް ޖަހައިފި!

އައްޑޫ ސިޓީ، ހިތަދޫ ބައެއް ގޭގޭ ބޭރު ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ. 

ދިވެހިރާއްޖޭއިން އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މަޑު ޖެހިލާފައި އޮތުމަށްފަހު ހިތަދޫ ގިނަ އަދަދެއްގެ ގޭގޭގެ ބޭރު ފާރުގައި ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފައެވެ.

ހިތަދޫ ގެއެއްގެ ބޭރުގައި އިންޑިއާ އައުޓް ލިޔެފައި

ހިތަދޫ ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ލިޔެފައިވާއިރު، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އައްޑޫސިޓީ ކުރައްވަމުންދާ ދަތުރުފުޅުގައި ފާއިތުވި ހަފްތާ ތެރޭގައި ވަނީ އެރަށަށް ވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެމަނިކުފާނުގެ އައްޑޫ ސިޓީ ދަތުރުފުޅުގަޔާއި ކެންޕެއިނަށް މީގެ ކުރިން ޒިޔާރަތްކުރި ގިނަ ރަށްރަށުގައި ބޭއްވި ޖަލްސާ ތަކުގައިވެސް އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑު އުފުލައި އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފައެވެ. 

އައްޑޫ ހިތަދޫ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާފައި މިވަނީ ރައީސް ޔާމީން އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތަނާކަން ފާހަގަކޮށްލަންޖެހެއެވެ. 

ހިތަދޫ ގެއެއްގެ ބޭރުގައި އިންޑިއާ އައުޓް ލިޔެފައި

އަދި އައްޑޫ ސިޓީގައި އިންޑިއާ އައުޓް ޖެހި ތަންތަނުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާާރާއި، އައްްޑޫ ސިޓީގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގެ ފާރުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ރައީސް ނަޝީދުގެ އޮފީސް ބޭރު އިންޑިއާ އައުޓް ޖަހައިފައި : ފޮޓޯ/އައްޑޫ ލައިވް

އިންޑިއާ އައުޓް ހަރަކާތް ވަރަށް ފޯރީގައި ކުރިއަށް ގެންދިޔުމަށްފަހުއެ ހަރަކާތް މަޑުޖެހުނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގަރާރެއް ނެރުއްވުމާއި ގުޅިިގެންނެވެ. ރައީސް ޞާލިހުގެ މި ގާރާރު ނެރުއްވުމާއި އެކު، އޭރު ރައީސް ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ބޭރުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ފުލުހުން ވަނީ ނައްޓާފައެވެ.

ރައީސް ޞާލިހުގެ މި ގަރާރަކީ ގާނޫނާއި ހިލާފު ގަރާރެއް ކަމަށް ބުނެ އިދިކޮޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ފަހުން މިހަރަކާތް އިދިކޮޅުން ކުރިއަށް ގެންދަމުންދަނީ ނުސީދާކޮށް އެ މާނަ ދޭހަވާ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް، އެގޮތުން، ދެމި ބެނާތަކާއި ދިދަތައް ވެސް ފުލުހުން ވަނީ ނައްޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.