އާންމުގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޕިއްޒާ ކިޗަން ރެސްޓޯރަންޓުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "ޕްލެޓިނަމް ޑިސްކައުންޓް" ތައާރަފްކުރުން
ވިޔަފާރި
12 Nov 2022 | 06:00
ޕިއްޒާ ކިޗަންއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "ޕްލެޓިނަމް ޑިސްކައުންޓް" ތައާރަފްކޮށްފި

އާންމުގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޕިއްޒާ ކިޗަން ރެސްޓޯރަންޓުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "ޕްލެޓިނަމް ޑިސްކައުންޓް" ތައާރަފްކޮށްފިއެވެ. 

މި ހާއްސަ ޑިސްކައުންޓް ތައާރަފްކޮށްފައިވަނީ ޕިއްޒާ ކިޗަންއަށް ދެ އަހަރު ފުރުމާއި ގުޅިގެން ރޭ ޕިއްޒާ ކިޗަންގައި ބޭއްވި ހާއްސަ ހަރަކާތެއްގައެވެ. މި ހަރަކާތުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތައްތަކެއް ބައިވެރިވެފައިވެއެވެ.

ޕިއްޒާކިޗަންގެ ފަރާތުން މި ޑިސްކައުންޓް ތައާރަފްކޮށްފައިވަނީ ޕިއްޒާ ކިޗަންގެ އޯނަރު ސޯފިއާ އަދްނާނު އަދި އާންމުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރޮބޯ މޭންއެވެ.

ޕިއްޒާ ކިޗަންގެ ޕްލެޓިނަމް ޑިސްކައުންޓްގެ އާއި ބެހޭގޮތުން އެހަފްލާގައި ފާހަގަކުރި ގޮތުގައި, މިފަދަ ޑިސްކައުންޓެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައާރަފްކުރުމުގެ ބޭނުމަކީ ގޭތެރެއިން އެފަރާތައް ނިކުމެ, މުޖުތަމައުތެރެއަށް ނިކުމެ ހަރަކާތްތެރި ބައެއްގެ ގޮތުގައި އުޅުމަށް ހިއްވަރުދިނުން ކަމުގައި ފާހަގަކޮށްފައިވެއެވެ.

މި ހަރަކާތުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތައްތަކެއް ބައިވެރިވެފައިވެ

ޕިއްޒާ ކިޗަންގެ ޕްލެޓިނަމް ޑިސްކައުންޓަކީ އެ ރެސްޓޯރަންޓްގެ އެންމެ މަތީ ޑިސްކައުންޓްއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ޕިއްޒާ ކިޗަންއަށް އައިސް ޑައިން ކުރާނަމަ 30% ޑިސްކައުންޓް, އަދި ޑެލިވަރީ ކުރާނަމަ 10% ޑިސްކައުންޓް ލިބޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމާއި, އޯޑަރ ކުރައްވަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެންވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.

ޕިއްޒާ ކިޗަން

މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއަށްވެސް ޕިއްޒާ ކިޗަންއިން ޑެލިވާރ ކުރަމުން އަންނަ އިރު، ރިސޯޓްތަކުގެ އޯޑަތަކަށް ލޯންޗައް ވެސް ޑެލިވަރީ ކުރުމުގެ ހިދުމަތް މިހާރުވެސް ޕިއްޒާ ކިޗަންއިން ދެމުންދެއެވެ.

މީގެ އިތުރުން، ޕިއްޒާ ކިޗަންއިން ޑައިން އިން ކުރައްވާ ފަރާތްތަކަށް އެކި ރަހަތަކުގެ މީރު ބުއިންތަށްވެސް ލިބެންހުންނާނެކަން ޕިއްޒާ ކިޗަން އިން މައުލޫމާތު ދެއެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.