މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ހަބަރު
12 Nov 2022 | 12:37
އާ ޕޭމަންޓު ސިސްޓަމް ބޭނުންކުރުމަށް ހުޅުވާލުން ތިންވަނަ ފަހަރަށް ފަސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރު ގާއިމުކުރަން ފެށި އޮންލައިން ޕޭމަންޓު ސިސްޓަމް އާއްމުކޮށް ބޭނުން ކުރުމަށް ހުޅުވާލުން އަނެއްކާވެސް ފަސްކޮށްފިއެވެ. މިއީ މިގޮތަށް ފަސްކުރި ހަތަރުވަނަ ފަހަރެވެ. 

އެކަމާއި ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ އަދިވެސް އެ ސިސްޓަމް ފުރިހަމަވެ ނުނިމޭ ކަމަށާއި މިހާރު ކުރިއަށްދަނީ ބޭންކުތަކާއެކު ހަދަންޖެހޭ ޓެސްޓުތަކުގެ މަސައްކަތް ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި އެ ހިދުމަތް ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުކަމަށް އޭނާ ވިދާޅުވިއެވެ. 

އާ ޕޭމަންޓު ސިސްޓަމެއް އެމްއެމްއޭއިން ތައާރަފްކުރީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި އާއްމުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. އެ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު އެމްއެމްއޭއިން މީގެ ކުރިން ބުނީ އެ ސިސްޓަމް އެ އަހަރުގެ ފަހުކޮޅު އާއްމުކޮށް ބޭނުން ކުރަން ފެށާނެ ކަމަށެވެ.

އެހެން ނަމަވެސް އެކަން އެ މުއްދަތުގެ ތެރޭގައި ނިންމާލެވިފައި ނުވާއިރު، ދެން އެ ސިސްޓަމް އާއްމުކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައިކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެ ތާރީހުގައި ވެސް އެކަން ނުކުރެވި އެ އޮތޯރިޓީން ވަނީ މިއަހަރު ފަހުކޮޅު އެ ސިސްޓަމްގެ ހިދުމަތް އާއްމުންނަށް ދޭން ފަށާނެ ކަމަށް ބުނެ އެ ސިސްޓަމް އާއްމުކޮށް ބޭނުން ކުރުން ފަސްކޮށްފައެވެ.

ޕޭމަންޓު ސިސްޓަމާއި ޕޭމަންޓު ހިދުމަތުގެ ބިލަށް 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރި އިރު، މަޖިލީހުގެ ތަޅުމުގައި ވެސް އެ މަޖިލީހުގެ މެމްބަރުން އެކަމުގެ ހުރި ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.