ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު
ހަބަރު
12 Nov 2022 | 20:04
މިދައުރަކީ ރާއްޖެ ދެކޭ ސިޔާސީ ހަލަބޮލިކަން އެންމެ ކުޑަ ދުވަސްވަރު: އަލީ ނަޒީރު

ނިމިގެން މިދާ ރިޔާސީ ދައުރަކީ ފެހި ޤާނޫނުއަސާސީގައި ރާއްޖެ ދެކޭ ސިޔާސީ ހަލަބޮލިކަން އެންމެ ކުޑަ ދުވަސްވަރު ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވީ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ 4 އަހަރު ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ކުޑަވެފައި ވަނީ ވިސްނުންތަކަކާއި ފިކުރުތަކަކާއި ޚިޔާލު ތަކެއްގެ ނަތީޖާ ކަމަށާއި އެއީ ކާމިޔާބު ލީޑަރޝިޕެއްގެ ހެޔޮ އަސަރު ކަމަށެވެ.

އަދި ކަތިވަމުންދިޔަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިސްރާބު ދިވެހިން އެދޭ ގޮތަށް، ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުންގެ ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި ބަދަލުވަމުންދާ ކަމުގެ އިޙްސާސް ކުރެވޭ ކަން އެނާ ފާހަގަކުރެއްވިއެވެ.

"މިއަދުގެ ޒުވާން ޖީލު އޮތީ ދުނިޔެއަށް ލޯ ހުޅުވި، ދުނިޔޭގެ އާޖުފާޖަށް ރޯފިލާފާކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލުގެ ވިސްނުމަކީ މިރާއްޖޭގައި ހަމަޖެހުމާއި ސުލްހަވެރިކަން ޤަރާރުވެފައި އޮތުން. އަދި ޒުވާން ޖީލު އެދެނީ ދެމެހެއްޓެނިވި މަގުން ކަންކަން ރާވައި އިންތިޒާމު ކުރުމާއެކު މިރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ޙައްލުވެފައި އޮތުމާއި އިޤްތިސާދީ ނަހަމަކަން ކުޑަވުން."

 ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު 

ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އެކަންކަން ޙާސިލް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކީ ސިޔާސީ ހަމަޖެހުން މިރާއްޖޭގައި ޤާއިމްވެ ގަރާރުވެފައި އޮތުމާއެކު ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގަން މަގުފަހިވެފައި އޮތުން ކަމަށެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތް މިންވަރަށް ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މާހައުލެއް ގާއިމްވެފައި އޮތުމާއެކުވެސް ނިމިގެންމިދާ ރިޔާސީ ދައުރަކީ ފެހި ޤާނޫނުއަސާސީގެ ހަޔާތުގައި މިރާއްޖެ ދެކޭ އެންމެ ސިޔާސީ ހަލަބޮލިކަން ކުޑަ ދުވަސްވަރުކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށްވެސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަލީ ނަޒީރު ވިދާޅުވިއެވެ.

ދިވެހި ޖުމްހޫރީ ޙަޔާތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވުނުތާ 15 ވަރަކަށް އަހަރު ފަހުން އަލުން އަނބުރާ ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވެގެން ދިއުމުން ދަސްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމައި، ދިވެހިން އެދޭ ގޮތް ނޫން ގޮތަކަށް މި ރާއްޖޭގައި ވެރިކަން ހިންގަން ދިވެހިން ފުރުސަތު ނުދޭނެ ކަންކަމަށެވެ.

ކޮމެންޓް
ސާލިހުމޫސާ
ތީކީ މީހަކު ވިސްނުން ތެރި ވެގެން ވީކަމެއްނޫން ތިކަމުންވެސް ފެނިގެން ދަނީ ބަޔެއްގެ ހުރި އަނިވެރި ކަމުގެ ބޮޑުކަން ހެޔޮ ވެރިކަމުގެ ބޯޑު ޖަހައިގެން ތިބެ މިދަނީ އަނިޔާވެރި ނުބައި ނުލަފާ ބަޔެއްގެ މުސީބާތުން ގައުމު ފަނާވަމުން
12 Nov 2022
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.