އެމްޑީޕީގެ ދެ ރައީސް އެމްޑީޕީގެ ފޯރަމެއްގައި
ހަބަރު
12 Nov 2022 | 21:02
ދެ ފެކްޝަނުގެ ޒުވާބު ބޮޑުވެ އެމްޑީޕީ ވަޓްސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭގޮތް ހަދައިފި!

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޓުން ބޮޑުވެ އަރާރުންވުންތައް ގިނަވުމާއި ގުޅިގެން އެޕާޓީގެ އޮފިޝަލް ވަޓްސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭގޮތް ހަދައިފިއެވެ. 

މިފަހަކަށް އައިިސް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާ މެމްބަރުންނާއި އެމްޑީޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ޚިޔާލު ތަފާތުވުންތައް ބޮޑެވެ ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކުރަން ފަށާފައެވެ. 

ނިމުނު ހަފްތާ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ދެ ފެކްޝަނުގެ މެމްބަރުން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބޮޑެތި ބަދުނާމުތައް އަޅުވާ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައިވެއެވެ. 

މެމްބަރުންގެ މެދުގައި ބަދަލުކުރަމުން ދިޔަ ބަހުގެ ހަމަލާތައް ހޫނުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަސް ދެވަނަ ދައުރެއް ދޭން ނުޖެހޭނެކަމަށް ވިދާޅުވެ ނަޝީދަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ސޯލިހުއަށް ތާއީދުކުރައްވާ މެމްބަރުން ރައްދުދެއްވަން ފެށުމާއި ގުޅިގެންނެވެ. 

ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނަޝީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ނަޝީދުގެ ވެރިކަމަށްވެސް ފާޑުކިޔުއްތައް އަމާޒުކުރައްވާފައެވެ. 

އެފަހުން ސޯޝަލް މީޑިއާގެ އެކި މަންސަތުގައި ދެ ފެކްޝަންގެ މެމްބަރުން ރައްދުކުރަމުން އައި ބަހުގެ ހަމަލާތައް ސީދާކޮށް އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕާއި ހަމަޔަށް ފޯރާ އެ ގްރޫޕުގައިވެސް ދެ ފެކްޝަންގެ މެމްބަރުންގެ ޒުވާބުތައް ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ. 

އެންމެ ފަހުން، ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ، ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ޖެހިވަޑައިގަތީ، މިކަން ކޮންޓޯލްކުުރުމަށް ގްރޫޕަށް މެސެޖް ނުކުރެވޭ ގޮތް ހެއްދެވުމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ޒުވާބު ބޮޑުވެ ގްރޫޕަށް މެސެޖު ނުކުރެވޭގޮތަށް ފައްޔާޒު ސެޓިން ބަދަލުކުރެއްވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިހާރު އެ ގްރޫޕަށް މެސެޖު ކުރެވޭނީ ހަމައެކަނި ގްރޫޕުގެ އެޑްމިންގެ ގޮތުގައި ތިއްބަވާ ފަރާތްތަކަށް އެކަންޏެވެ. 

ވަޓްސްއަޕް ގުރޫޕަށް މެސެޖު ނުކުރެވޭގޮތް ހެދި ނަމަވެސް ސޯޝަލް މީޑިއާގައި އަދިވެސް ދެ ފެކްޝަނުންގެ މެމްބަރުން ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.