އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު
ހަބަރު
12 Nov 2022 | 21:19
ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް އޮތް ލޯބި ވަރަށް ސާފު: ތޮއްޔިބު

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން ދިވެހިރާއްޖެ ދެކެ ވާ ލޯބި ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށް އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ތޮއްޔިބު މިހެން ވިދާޅުވީ 29 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2022ގެ މަގާމު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކާމިޔާބުކުރުމާ ގުޅިގެންނެވެ.

އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓެލެއްކަމުގައިވާ އަލް ބުސްތާން ޕެލަސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2022ގެ ހަފްލާގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ތިން އަހަރު ހޯދުމަކީ ހަގީގަތުގައި ވެސް ލިބުނު ޝަރަފެއް ކަމުގައެވެ.

މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްކަމުން، އަޅުގަނޑުމެންގެ އައްސޭރިފަށަށް ފަތުރުވެރިންނަށް މަރުހަބާ ކިޔަންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަށް ވުރެ ރަނގަޅު ކާމިޔާބީއެއް ނެތްކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

"މި ކާމިޔާބީއަކީ ސަރުކާރުގެ އިރުޝާދާއި، އިންޑަސްޓްރީގެ ބައިވެރިންގެ އެއްބާރުލުމާއި، މުޅި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބުރަ މަސައްކަތުގެ ސަބަބުން ހާސިލުވި ޝަރަފެއް. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން ދިވެހިރާއްޖެ ދެކެ ވާލޯބި ވަރަށް ސާފުކޮށް ފެނިއްޖެ." 

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު

އަދި މި އަހަރަކީ އެމްއެމްޕީއާރުސީން ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑުގެ ޝަރަފު ކާމިޔާބުކުރި ފުރަތަމަ އަހަރުކަމުން، ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިލާން ޖެހުނު އެކި އެކި ގޮންޖެހުންތައް ތަހައްމަލުކޮށް، އެމްއެމްޕީއާރުސީގެ ޓީމުން ކުރި ބުރަ މަސައްކަތުގެ އަގު ދުނިޔެއިން ވަޒަންކޮށްފައިވާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޑަބްލިއުޓީއޭގައި ރާއްޖެއަށް އަދި އެމްއެމްޕީއާރުސީއަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ، ސަނީ ސައިޑް އޮފް ލައިފް އަށް މަރުހަބާ ކިޔާނެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ޓުއަރިސްޓް ބޯޑުގެ ޝަރަފް އެމްއެމްޕީއާރުސީން ހޯދާ، ދުނިޔޭގެ ފެންވަރުގައި މަންޒިލް މާކެޓްކުރުމަށް ކުރާ މަސައްކަތްތަށް މިވަނީ އައު ހަރުފަތަކަށް ގެންގޮސްފައެވެ.

29 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2022ގެ މަގާމު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކާމިޔާބުކޮށްފަވާއިރު މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިސްޓް ބޯޑުގެ މަގާމު އެމްއެމްޕީއާރުސީއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި އަހަރު ރާއްޖެއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.

 މި އަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ވަރަށް ގިނަ ބަދަލުތަކެއް އައިސްފައިވާ އަހަރެކެވެ. ކޮވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްގެން ގިނަ ދުވަސްތަކަކަށް ފަހު ގިނަ ގައުމުތަކުން މިހާރު ވަނީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބޯޑަރުތައް އަލުން ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.