އަމީނީމަގު - ފޮޓޯ: އާރުޑީސީ
ހަބަރު
12 Nov 2022 | 21:33
އަމީނީމަގުގެ ދެވަނަ ސެގްމަންޓްގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އަމީނީމަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ބުނެފިއެވެ.

އާރުޑީސީން ކުރި ޓްވީޓެއްގައި ވަނީ އަމީނީމަގު ސެގްމެންޓް އެކެއްގައި ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށާއި އަދި ދެވަނަ ސެގްމެންޓުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އަމީނީމަގު ސެގްމެންޓް 1ގެ ފެނާ ނަރުދަމާ އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ނިންމާލީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ.

އަމީނީ މަގުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ބުނީ އަމީނީމަގު ސެގްމެންޓް 1ގެ ފެނާ ނަރުދަމާ އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށެެވެ. އެންމެ ފުރަތަމަ މަގު ހަދަން ފަށާފައިވަނީ ހެންވޭރުކޮޅުން، ކަލާފާން ސްކޫލާ ހަމައަށެވެ. މަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ވަނީ ބަހާލާފައެވެ.

އާރްޑީސީގެ އަމާޒަކީ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތަކަށް އެ މަގު ތަރައްޤީކުރުމެވެ. އެއީ މާލޭގައި އެންމެ ފެންބޮޑުވާ އެއް މަގެވެ.

އާރްޑީސީން ކުރިޔައްގެންދާ، މި މަސައްކަތުގެ ދަށުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށްވެސް ފަސޭހަވާނެފަދަ ގޮތަކަށް އަދި ޒަމާނީ ފެންވަރުގެ މަގަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއި އެކު ވީހާވެސް އަވަހަށް އަމީނީ މަގަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އަމީނީ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށް ވާއިރު، މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައިވެއެެވެ.

މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއު އަކީ، މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.