އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު އިންޑިއާގެ ކުރީގެ ސަފީރާއެކު---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
13 Nov 2022 | 12:15
އެހެން ދީންތަކަށް ފާޅުގައި އަޅުކަން ކުރާ މައްސަލާގައި މިފަހަރުވެސް މިނިސްޓްރީން ނެރުނީ ބަޔާނެއް އެކަނި!

ދިވެހިރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ އެމްއެންޑީއެފުން ސެކިއުރިޓީ އާއި ހިމާޔަތް ދީގެން ހުޅުމާލޭގައި ހިންދީ ދީނުގެ ޔޯގާ ހަރަކާތެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރަމުންދާ ވަގުތެއްގައެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްތައް އަދި އަތޮޅު ކަންސިލްތަކާއި ރަށު ކައުންސިލްތަކަށް އެޑްރެސްކޮށް މިނިސްޓްރީން ނެރެނު ސަރކިއުލާއެއްގައި ވަނީ ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ބޭރުމީހުން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށެވެ.

އެހެންކަމުން އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ރާއްޖޭގައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާޢިދުގެ 9 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ޢާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށްވެސް މިނިސްޓްރީން ނެރުނު ސަރކިއުލާގައިވެއެވެ.

 އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤަވާއިދާ އެއްގޮތަށް، އާއްމު އިޖްތިމާޢީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާ ބިދޭސީ މަސައްކަތްތެރިންނަށް އިރުޝާދު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް
ޙިޔަލަކަމަނަ
މިސަރުކާރު އަޑީގަ އޮވެގެން އިންޑިޔާގެ ދީންތައް ދިވެހިރާޖޭގައި ފަތުރަނީ މިވެރިންގެ ޖީބު ހަރާން ލާރިން ފުރަނީ !!!މިބައިގަނޑު ﷲބަލިކުރައްވާށި އާމީން.
13 Nov 2022
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.