އިދިކޮޅުން މީގެ ކުރިން ކުރިއަށް ގެންދިޔަ އިހްތިޖާޖެއްގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
14 Nov 2022 | 09:45
ޓެކްސް ބިލާއި ދެކޮޅަށް އިދިކޮޅުން އިހްތިޖާޖަށް ނުކުންނަނީ!

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހްތިޖާޖަށް ނުކުންނަން ނިންމައިފިއެވެ. 

އިދިކޮޅުން މިއަދު ބުނީ، ޓެކްސް ބޮޑު ކުރާ ބިލާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށް ޕީޕީއެމް އަދި ޕީއެންސީން މިއަދު މަޖިލީހުގެ ދޮރުމަށްޗަށް ނުކުތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެއްވުން އޮންނާނީ މިއަދު މެންދުރު 12:30 ގައި ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ. 

އަންނަ ޖެނުއަރީމަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށައަޅާފައިވާއިރު މަޖިލީހުން އެ ބިލު ފާސްކޮށްފިކަމަށް ވާނަމަ ޖީއެސްޓީ 6 އިންސައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލިގެންދާނެއެވެ. އެއާއެކު ތަނެތީގެ އަގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. 

އެ ނިންމުމަށް މަޖިލީހުގައި ބައެއް މެމްބަރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ސަރުކާރުން އެދިފައިވާ ގޮތަށް ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމަށް ވިޕް ނެރެފައެވެ. އަދި އެ ވިޕާއި ޚލާފުވާ މެމްބަރުންނާއި ދޭތެރޭގައި ފިޔަވަޅު އަޅާނެކަމަށް އަންގާ އިންޒާރުދީފައި ވާއިރު، މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު، ސަރުކާރުގެ އެ ބިލަށް މެމްބަރުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލައި ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ވަނީ ފާސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.